Ads by Exprox

ޚަބަރު

މ. މުލީ އެއަރޕޯޓަށް މިއަދު ޓެސްޓު ފްލައިޓް ޖައްސައިފި

މ. މުލީ އެއަރޕޯޓަށް މިއަދު ޓެސްޓު ފްލައިޓް ޖައްސައިފި

މ. މުލީގައި ތަރައްޤީކުރި އެއަރޕޯޓުގައި ޓެސްޓު ފްލައިޓް ޖެއްސުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

25 އޭޕްރީލު 2025، 07:29

25 އޭޕްރީލު 2025، 07:29

މ. މުލީ އެއަރޕޯޓުގެ މަސައްކަތްތައް ނިންމާ މިއަދު ޓެސްޓު ފްލައިޓް ޖައްސައިފި އެވެ. މި އެއަރޕޯޓަކީ މ. އަތޮޅުގައި ތަރައްޤީކޮށްފައިވާ އެންމެ ފުރަތަމަ އެއަރޕޯޓެވެ.

ކުރިއަށް އޮތް ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު މ. އަތޮޅަށް ދަތުރުފުޅެއް ކުރައްވާ، މުލީ އެއަރޕޯޓްގެ ދަތުރުތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޓެސްޓު ފްލައިޓުގެ ޖެއްސުމުގެ މަރުޙަލާގައި މިއަދު އެރަށު އެއަރޕޯޓަށް ޖައްސާފައިވަނީ، ޤައުމީ އެއަރލައިން ޑޭޝް-8 މަރުކާގެ ބޯޓެކެވެ. ޓެސްޓު ދަތުރަކީ އެއަރޕޯޓުގެ ކޮމާޝަލް ދަތުރުތައް ފެށުމުގެ ކުރިން މުހިންމު އެސެސްމެންޓުތައް ނިންމުމަށް ކުރިއަށް ގެންދާ މަރުޙަލާއެކެވެ. މުލީ އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. މި އެއަރޕޯޓްގެ މަޝްރޫޢުއަކީ 221 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށިފައިވަނީ 2021 ވަނަ އަހަރުއެވެ.

މި އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެމްޓީސީސީން ވަނީ 14 ހެކްޓަރުގެ ބިން ހިއްކައިފައެވެ. އަދި 1812 މީޓަރު ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން، 1200 މީޓަރު ދިގުމިނުގެ  އަދި 30 މީޓަރު ފުޅާމިނުގެ ރަންވޭއެއް ވެސް ވަނީ ޤާއިމްކޮށްފައެވެ. ހަމަ އެހެންމެ މި މަޝްރޫޢުގެ ދަށުން ޓެކްސީވޭއަކާއި އޭޕްރަންއެއް ވެސް ޤާއިމްކޮށްފައިވާކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ. މީގެ އިތުރުން، އެއަރޕޯޓަށް ބޭނުންވާނެ އެހެނިހެން ތަންތަން ވެސް ވަނީ ތަރައްޤީކޮށްފައެވެ.

މ. މުލީ އެއަރޕޯޓުގެ މަސައްކަތްތައް ހަލުވިކަމާއި އެކު ކުރިއަށް ގެންގޮސް ނިންމަވާ ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި މުހިންމު ވަޢުދުފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS