Ads by Aqeeqa Maldives

ޚަބަރު

"މޯލްޑިވްސް 2.0" މަޝްރޫޢަކީ ސިޔާސީ ކުރުމުގެ ބަދަލުގައި ޤައުމީ ތަރައްޤީއަށް އެއްބާރުލުން ދޭންޖެހޭ މުހިންމު މަސައްކަތެއް: ވަޒީރު ސަޢީދު

"މޯލްޑިވްސް 2.0" މަޝްރޫޢަކީ ސިޔާސީ ކުރުމުގެ ބަދަލުގައި ޤައުމީ ތަރައްޤީއަށް އެއްބާރުލުން ދޭންޖެހޭ މުހިންމު މަސައްކަތެއް: ވަޒީރު ސަޢީދު

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 މޭ 2025، 11:11

10 މޭ 2025، 11:11

ސަރުކާރުގެ "މޯލްޑިވްސް 2.0" މަޝްރޫޢަކީ ސިޔާސީ ކުރުމުގެ ބަދަލުގައި ޤައުމީ ތަރައްޤީއަށް އެއްބާރުލުން ދޭންޖެހޭ މުހިންމު މަސައްކަތެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ރޭގަ އިފްތިތާޙްކުރެވުނު މޯލްޑިވްސް 2.0 އަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން މުޅި ޤައުމަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.



ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި ދައުލަތާއި ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ބިޔުރޮކްރަސީގެ ސަބަބުން ނިޒާމުގައި ހުރި އުނދަގޫތައް ނައްތާލުމަކީ ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެކެވެ. މި ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެސްޓޯނިއާގެ ތަޖުރިބާ ހޯއްދަވައި، "މޯލްޑިވްސް 2.0" ގެ ނަމުގައި މުހިންމު ޤައުމީ މަސައްކަތެެއް ފައްޓަވާފައެވެ.

2040 ވަނަ އަހަރު އަންނަން ވާއިރު ހުރިހާ މާނައެއްގައި ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެއްދެވުމުގެ ވިޝަންގައި ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މި މަސައްކަތަކީ ވަރަށްވެސް ބޭނުންތެރި މަސައްކަތެއް  

ވަޒީރު ސަޢީދު

މި ކަމުގެ ސަބަބުން ސަރުކާރުގެ ހިންގުމުގެ ނިޒާމު ހަރުދަނާވުމުގެ އިތުރުން ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި ޖުމްލަކޮށް އިޤްތިޞާދަށް ގިނަ ފައިދާތަކެއް ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި މިފަދަ ކަންކަން ސިޔާސީ ކުރުމުގެ ބަދަލުގައި ޤައުމީ ތަރައްޤީއަށް އެއްބާރުލުން ދީ މަރުޙަބާ ކިޔުމަކީ މުޅި ޤައުމަށް ލިބިގެންދާނެ ކުރިއެރުމެކެވެ. އަދި މި މަޝްރޫޢުގެ ކާމިޔާބީއަށް ހުރިހާ ދިވެހި ރައްޔިތުން އެއްބާރުލުން ދިނުމަށް ވަޒީރު ގޮވާލެއްވިއެވެ.

"މޯލްޑިވްސް 2.0" މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަށާފައިވާ އިލެކްޓްރޯނިކް ގަވަރނަންސް އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމާއި، ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރެވޭނެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS