Ads by Aqeeqa Maldives

ޚަބަރު

އިޒްރޭލުގެ ހަމަލާތައް ވަރުގަދަކުރަމުންދާތީ، ރައީސުލްޖުމްހޫރިއްޔާ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި

އިޒްރޭލުގެ ހަމަލާތައް ވަރުގަދަކުރަމުންދާތީ، ރައީސުލްޖުމްހޫރިއްޔާ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އާއި ފަލަސްތީނުގެ ރައީސް މަޙަމޫދު އައްބާސް، ފޮޓޯ: ރައީސް އޮފީސް

18 މޭ 2025، 10:56

އިޒްރޭލުގެ ހަމަލާތައް އަނެއްކާ ވެސް ވަރުގަދަކުރަމުންދާތީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު  އެކަން ކުށްވެރިކުރައްވައިފިއެވެ.

މިކަން ހާމަކުރައްވައި ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުށެއްނެތް އާންމު ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުން ދެމުންގެންދާ ރަހުމްކުޑަ ހަމަލާތައް އިތުރުވަމުންދިއުމާ ގުޅިގެން، އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށެވެ.

އިޒްރޭލުގެ މި އަމަލުތަކާ ގުޅިގެން، މިކަން ހުއްޓުވުމަށް ވަގުތުން ފިޔަވަޅު އެޅެމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ. އަދި އިޒްރޭލުގެ ރަޙުމު ކުޑަ ހަމަލާތަކަށް  އެމީހުން ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ގޮވާލުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. 



އިޒްރޭލުން ވަނީ ރޭ ދަންވަރުންފެށިގެން ޣައްޒާގެ ގިނަ ސަރަޙައްދުތަކަށް ބޮން އަޅާފައެވެ. މި ހަމަލާތަކާ ގުޅިގެން އަނިޔާވެފައިވާ މީހުން ގިނަވެ، ހޮސްޕިޓަލްތައް ވަނީ އަނިޔާވެފައި ތިބި މީހުނުން ފުނިޖެހިފައެވެ. 

މީގެ އިތުރުން ޒަރޫރީ ވަސީލަތްތަކުގެ ދަތިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަދި ތެލުގެ ދަތިކަމާއި، ހެވީ ރެސްކިއު އިކުއިޕްމަންޓްތަކާއި ސްޕެއާ ޕާޓްސް، އަދި ވެހިކަލް މަރާމާތު ކުރުމަށް ބޭނުންވާ ތަކެތީގެ ދަތިކަން ވެސް ވަނީ ކުރިމަތިވެފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS