ޚަބަރު
ރާއްޖޭގައި ކުޅިވަރުގެ އާބިޓްރޭޝަނެއް އުފައްދަން ނިންމައިފި

ކުޅިވަރުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---
ކުޅިވަރުގައި ދިމާވާ މައްސަލަތަކަށް އިންސާފު ހޯދުމަށް، ކުޅިވަރުގެ އާބިޓްރޭޝަނެއް ރާއްޖޭގައި ޤާއިމްކުރުމަށް ކުޅިވަރުގެ ޤާނޫނަށް ގެނައި އިސްލާހުގައި ހިމަނައިފިއެވެ.
ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އެއް ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މިއަދު ތަސްދީގުކުރައްވާފައެވެ. މިއާއެކު ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ކުޅިވަރު އާބިޓްރޭޝަން ޤާއިމްކޮށް ޢަމަލުކުރުމުގެ ބާރު މި ވަނީ ޤާނޫނަކުން ލިބިދީފައެވެ.
މިފަދަ މައްސަލަތަކުގައި އިންސާފު ހޯދުމަށް މަސައްކަތްކުރެވޭނެ ގޮތެއް މީގެ ކުރިން ރާއްޖޭގައި ޤާއިމްކުރެވިފައެއް ނޯވެއެވެ. އެހެންކަމުން އެފަދަ މައްސަލަތައް ދިމާވެއްޖެނަމަ ޖެހެނީ އެހެން ޤައުމަކުން މިފަދަ އެހީތެރިކަމެއް ހޯދާށެވެ. މިއީ ހުރިހާ ގޮތަކުން ވެސް ބުރަބޮޑު މަސައްކަތެކެވެ.
އެގޮތުން ފާހަގަކޮށްލެވޭ ބައެއް މައްސަލަތަކަށް ބަލާލާއިރު، ރާއްޖޭގެ ބައެއް ކުލަބުތަކަށް ގެންނަ ބިދޭސީންގެ މުސާރަ ނުދިނުމުން އެކަމަށް ޙައްލު ހޯދުމަށް އެމީހުން ދާނެ ވަކިދިމާލެއް ނެތިގެން އުނދަގޫ ދުވަސްތަކާ ކުރިމަތިލާން ޖެހޭތަން އާދެއެވެ.
މިފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ހުށަހަޅައިފިނަމަ، މައ ދިގުލައިގެން ދިއުމަކީ މިހާތަނަށް އެތުލީޓުންނަށް އޮތް ބޮޑު ތަކުލީފެކެވެ.
މި ބަދަލުގެ އިތުރުން، ބައެއް އިތުރު ކަންކަވެސް މިއަދު ތަސްދީޤުކުރެއްވި އިސްލާހުގައި ހިމެނެއެވެ.