Ads by Aqeeqa Maldives

ޚަބަރު

ޅ. ގާއެރިފަރު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ޅ. ގާއެރިފަރު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ޅ. އަތޮޅު ހޮސްޕިޓަލް/ފޮޓޯ: ސަން އޮންލައިން

21 މޭ 2025، 10:41

ޅ. ގާއެރިފަރު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގާއެރި ފަޅު ކައިރީ ފީނަން ނިކުމެ އުޅުނު ބައެއް ތިބި ޑިންގީ އެއްގައި ލޯންޗެއް ޖެހި އެކްސިޑެންޓްވެފައިވާ މައްސަލަ ރޭ ދަންވަރު 12:33 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި، ޑިންގީގައި ތިބި ފަސް މީހުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ވެފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ. އަދި އަނިޔާވި އެންމެންނަށް ވެސް  މިހާރު ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އަނިޔާވެފައިވާ ފަސް މީހުންނަކީ ވެސް ދިވެހި ފިރިހެނުންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އެކްސިޑެންޓުގައި ހިމެނޭ ޑިންގީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.އަދި މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS