Ads by Aqeeqa Maldives

ޚަބަރު

ޤީލާ ޢަލީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޔޫރަޕިއަން ކޮމިޝަންގެ ރައީސަށް އަރުވައިފި

ޤީލާ ޢަލީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޔޫރަޕިއަން ކޮމިޝަންގެ ރައީސަށް އަރުވައިފި

ޤީލާ ޢަލީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޔޫރަޕިއަން ކޮމިޝަންގެ ރައީސަށް އެރުވުން/ފޮޓޯ: ފޮރިންގ މިނިސްޓްރީ

21 މޭ 2025، 10:42

ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލްފާޟިލާ ޤީލާ ޢަލީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޔޫރަޕިއަން ކޮމިޝަންގެ ރައީސަށް އަރުވައިފިއެވެ.

ބްރަސްލްސް ގައި ހުންނަ ޔޫރަޕިއަން ކޮމިޝަން ހެޑްކުއާޓާސް، ބާލެމޮންޓް ބިލްޑިންގ ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޤީލާ ވަނީ، ޔޫރަޕިއަން ކޮމިޝަންގެ ރައީސް ހަރ އެކްސެލެންސީ އުރްސުލާ ވޮން ޑާ ލެޔެން އަށް ފަތްކޮޅު އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޤީލާ ޢަލީ ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ހަރ އެކްސެލެންސީ އުރްސުލާ ވޮން ޑާ ލެޔެން އަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. ހަމަ އެހެންމެ، ދިވެހިރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރަމުން ގެންދަވާނެކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޔޫރަޕިއަން ކޮމިޝަނުގެ ރައީސް ވަނީ ދިވެހިރާއްޖެ އިން ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅާފައިވާ ސަފީރުގެ މަޤާމާ އަލްފާޟިލާ ޤީލާ ޢަލީ ހަވާލުވެވަޑައިގަތުމުން އެކަމަނާއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި ޔޫރަޕިއަން ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ހަރ އެކްސެލެންސީ އުރްސުލާ ވޮން ޑާ ލެޔެން ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS