Ads by Aqeeqa Maldives

ޚަބަރު

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ 3 ވަނަ ބުރުގެ އިމްތިހާން ފަށައިފި

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ 3 ވަނަ ބުރުގެ އިމްތިހާން ފަށައިފި

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ 3 ވަނަ ބުރުގެ އިމްތިހާންގެ ތެރެއިން/ފޮޓޯ: އިސްލާމިކް މިނިސްޓްރީ

21 މޭ 2025، 12:35

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ 3 ވަނަ ބުރުގެ އިމްތިހާން މާލޭގައި ފަށައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ 3 ވަނަ ބުރުގައި ބައިވެރިވުމަށްޓަކައި 338 ފަރާތަކުން ފޯމު ހުށައަޅާފައިވާ ކަމަށެވެ. ނަމަވެސް، މީގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ 269 ފަރާތަކުންކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. އަދި މި ބައިވެރިންނަށް ކުރިއަށްދާ އިމްތިހާނުން ފާސްވުމަށްފަހު، ސަނަދު ދިނުމުގެ ކުރިން ޚާއްޞަ ތަމްރީނުތަކެއް ކުރިއަށް ގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. 

މީގެ އިތުރުން އެ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެއް ކަމަށެވެ. އެހެންކަމުން، މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމާއި، އިމާމުވެ ނަމާދުކުރުމާއި، ދީނާ ގުޅުން ހުރި އެހެން ބައެއް ދާއިރާތަކުން ޚާއްޞަ ތަމްރީނުތަކެއް ދެވޭނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ލިބިފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS