ވިޔަފާރި
އެސްޓީއޯއިން ކަސްޓަމަރުންނާއި ހޯލްސޭލް ވިޔަފާރިތަކަށް ޚާއްޞަ ޕްރޮމޯޝަންތަކެއް ތަޢާރަފްކޮށްފި

އެސްޓީއޯ ސުޕަރ މާރޓް ---
އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ ފަރާތުން ކަސްޓަމަރުންނާއިވިޔަފާރިތަކަށް ޚާއްޞަ ތިން ޕްރޮމޯޝަނެއް ތަޢާރަފްކޮށްފިއެވެ.
މި ޕްރޮމޯޝަންތައް އަމާޒުކޮށްފައި ވަނީ ރެސްޓޯރަންޓް އަދި ކެފޭ ތަކަށާއި، ހޯލްސޭލް ވިޔަފާރިތަކަށާއި އަދި އެޕާރޓްމަންޓު ބަދަލުވާ ފަރާތްތަކަށް ޚާއްޞަކޮށްގެންނެވެ.
އިއްޔެ ތަޢާރަފްކުރި މި ޕްރޮމޯޝަންތައް ކުރިޔަށް ގެންދިއުމަށް އެސްޓީއޯއިން ނިންމާފައި ވަނީ ތިން މަސްދުވަހުގެ މުއްދަތަށެވެ.
އެގޮތުން ރެސްޓޯރަންޓު ކެފޭތަކަށް ޚާއްޞަކޮށްގެން ފެށި ޕްރޮމޯޝަންގެ ތެރެއިން އެންމެ ގިނައިން ވިޔަފާރި ކުރާ 10 ފަރާތަކަށް އެސްޓީއޯއިން ވަނީ އިނާމު ހުށަހަޅާފައެވެ. މި ޕްރޮމޯޝަންގެ 1 ވަނަ އިނާމަކަށް 150،000 ރުފިޔާގެ ކްރެޑިޓް ހުށަހަޅާފައިވާއިރު، 2 ވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާއެވެ. އަދި ތިންވަނަ އިނާމަކަށް 75،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީއާއި ބާކީ 7 ފަރާތަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ ދިނުމަށް ވަނީ ނިންމާފައެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުންކުރާ ވިޔަފާރިތަކަށްކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.
ހޯލްސޭލް ކަސްޓަމަރުންނަށް ޚާއްޞަ ޕްރޮމޯޝަންގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ފަސޭހަ ކްރެޑިޓް ފެސިލިޓީ އަދި އެޖެންޓަކަށް ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ޕްރޮމޯޝަންގެ މުއްދަތުގައި ކްރެޑިޓަށް މުދާ ނަގައިގެން ނުވަތަ އެޖެންޓުގެ ގޮތުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން 3 ފަރާތެއް ހޮވާނެއެވެ.
މި ޕްރޮމޯޝަންގެ ތެރެއިން 1 ވަނަ އިނާމަކަށް 100،000 ރުފިޔާގެ ކްރެޑިޓް ދޭއިރު، 2 ވަނަ އިނާމަކަށް 75،000 ރުފިޔާގެ ކްރެޑިޓް އަދި 3 ވަނަ އިނާމަކަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ ހަމަޖައްސާނެކަމަށް އެސްޓީއޯއިން ހާމަކުރެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުތަކުންކުރާ ވިޔަފާރިތަކަށެވެ.
މީގެ އިތުރުން ހުޅުމާލެ އަދި މާލޭގައި ހަދަމުންދާ އެޕާރޓުމަންޓުތަކަށް ބަދަލުވާ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ޕްރޮމޯޝަންގައި ހިމެނޭނީ އެސްޓީއޯ ޖެނެރަލް ޓްރޭޑިންއިން ވިއްކާ ހޯމް އެޕްލަޔަންސްގެ ބާވަތްތަކެވެ. އެގޮތުން 15،000-25،000 ދެމެދު ވިޔަފާރިކުރާ ފަރާތްތަކަށް %12 ޑިސްކައުންޓު، 25،000-35،000 ދެމެދު ވިޔަފާރި ކުރައްވާ ފަރާތަތަކަށް %15 ޑިސްކައުންޓު އަދި 35،000 ރުފިޔާއިން މަތިން ވިޔަފާރި ކުރާފަރާާތްތަކަށް %18 ޑިސްކައުންޓު ދިނުމަށް ވަނީ ނިންމާފައެވެ. ހަމައެއާއެކު ހިޓާޗީ އެއަރކޮނޑިޝަނަރ އިން %2.5 ގެ ޑިސްކަންޓު ލިބިގެންދާނެކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ. މި ޕްރޮމޯޝަން 2025 ވަނަ އަހަރު ނިމެންދެން ކުރިއަށް ގެންދާނެ ކަމަށް އެސްޓީއޯ ޖެނެރަލް ޓްރޭޑިންއިން މައުލޫމާތުދޭއިރު، މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިންނެވެ.