ކުޅިވަރު

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕަށް އިބާދުﷲ އާއި ޒިވާ

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕަށް އިބާދުﷲ އާއި ޒިވާ

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ދެ އެތުލީޓުން ކަމަށްވާ އިބާދުﷲ އާއި ޒިވާ-- ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

farudhun logo

ފަރުދުން

24 މޭ 2025، 02:32

24 މޭ 2025، 02:32

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރުމަށް އިބާދުﷲ އާދަމް އާއި ޒިވާ މޫސާ ޝަފީއު ހަމަޖައްސައިފިއެވެ.

މި މަހުގެ ފަހުކޮޅު ދެކުނު ކޮރެއާގައި ބާއްވާ މި މުބާރާތައް ދިވެހި އެތުލީޓުން ތައްޔާރުވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ.

މި ދެ އެތުލީޓުންނަކީ އަރުތަ ޕްރޮގްރާމުގެ ދަށުން ޖެމެއިކާގައި ތަމްރީނު ފުރިހަމަކުރަމުން އަންނަ ދެ އެތުލީޓުންނެވެ. އަދި ތަމްރީނުގެ ތެރެއިން ދެ އެތުލީޓުން ރާއްޖެއަށް އައީ، ކުރިން މި މުބާރާތް އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައި އޮތުމުންނެވެ.

ނަމަވެސް އެތުލީޓުން މާލެ އައި ފަހުން، މުބާރާތް ކޮރެއާގައި ބޭއްވުމަށް ނިންމިއެވެ. 

ދެކުނު ކޮރެއާގެ ގުމީގައި މި މަހުގެ 27-31 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި އިބާދުﷲ ވާދަކުރާނީ 100 މީޓަރާއި 200 މީޓަރު އިވެންޓުގައެވެ. އަދި ޒިވާ ވާދަކުރުމަށް އަދި ހަމަޖެހިފައިވަނީ 200 މީޓަރު އިވެންޓުގައެވެ. 

ޓީމުގެ ހެޑު ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ގައުމީ ޓީމުގެ ކުރީގެ ބާރު ދުވުންތެރިޔާ އަދި މިހާރު އެންމެ ތަޖުރިބާކާރު ކޯޗުންގެ ތެރޭގައި ހިމެނޭ ހުސެއިން ހަލީމެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS