Ads by Stelco

ޚަބަރު

މުޅި މާލެ ސަރަޙައްދުން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަނީ

މުޅި މާލެ ސަރަޙައްދުން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަނީ

ސްޓެލްކޯ ---

01 ޖޫން 2025، 04:38

އިންޖީނުތަކަށް ދިމާވި މައްސަލައަކާ ގުޅިގެން މިއަދު މެންދުރުން ފެށިގެން މުޅި މާލެ ސަރަޙައްދުން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގްރޭޓަރ މާލެ ސަރަޙައްދުގައި ހިމެނޭ، މާލެ، ހުޅުމާލެ އަދި އެއާރޕޯޓު ހިމެނޭހެން ކަރަންޓު ކެނޑިފައި ވަނީ މެންދުރުފަހު 12:45 ހާއިރެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ، މިފަދަ ކަންކަން ތަކުރާރު ނުވާނޭހެން ކަންކަން އިންތިޒާމުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަމަށެވެ.

މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފިން. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން.

ޙައްޖުގެ އަޅުކަމަށް ސައުދީއަށް ވަޑައިގެން ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޙިއްސާ ކުރެއްވި މެސެޖުގައި ވެއެވެ.

ރައީސްގެ މި އެންގެވުމަ ގުޅިގެން، މި މައްސަލަ ހިނގި ގޮތް ބެލުމަށް ތަޙުޤީޤެއް ފަށާފައިވާކަމަށް ފުލުހުން ވެސް ޙިއްސާކޮށްފައި ވެއެވެ.

ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި، މިއީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކުރިމަތިވިކަމެއް ކަމުގައެވެ. 

އަދި މާލޭއާއި ހުޅުމާލޭގެ ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މެންދުރުފަހު 2 ޖަހާކަށްހާއިރު ކަރަންޓު ދީފައިވާކަމަށް ވެސް ސްޓެލްކޯއިން ވަނީ ހާމަކޮށޮށްފައެވެ.

މާލެ ސަރަހައްދުން ކަރަންޓު ކަނޑައިގެން ދިއުމުގެ ސަބަބުން ގިނަ ޚިދުމަތްތަކެއް ވަނީ މެދުކެނޑިފައެވެ. މިކަމާ ގުޅިގެން މެންދުރު ދަންފަޅީގެ ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS