Ads by Stelco

ޚަބަރު

އިޓަލީގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

އިޓަލީގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

އިޓަލީގެ ޖުމްހޫރީ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުވި މެސެޖުގައި ހިމެނޭ މަންޒަރު ---

02 ޖޫން 2025، 11:40

އިޓަލީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖުގައި، އިޓަލީގެ ރައީސް، ހިޒް އެކްސެލްންސީ ސާރޖިއޯ މަޓަރޭލާ އާއި އެ ގައުމުގެ ޕްރައިމް މިނިސްޓަރ، ހާރ އެކްސެލެންސީ ޖިއޯޖިއާ މެލޯނީއަށް ވަނީ ތަހުނިޔާ ދަންނަވާފައެވެ.

މީގެ އިތުރުން، އިޓަލީގެ ސަރުކާރާއި އެ ޤައުމުގެ ރައްޔިތުންނަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދުވަހުގެ ތަޙުނިޔާ ދަންނަވާފައެވެ.



ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، އިޓަލީގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރަމުންދާއިރު މި ދުވަސް ހަނދާންއާކޮށްދެނީ، އެ ޤައުމުގެ މިނިވަންކަމާއި އިންސާފަށް ކުރަމުންދާ ބުރަ މަސައްކަތް ކަމަށާއި، އަދި ޤައުމުގައި ޑިމޮކްރަސީގެ އަސާސްތައް ދެމެހެއްޓުމަށް ކުރަމުންގެންދާ މަސައްކަތްތައް ކަމަށެވެ.

މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް އެދޭ ކަމެއްކަމަށާއި، މިކަމުގެ ސަބަބުން ދެ ޤައުމަށާއި ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާނެކަމަށް ޤަބޫލުފުޅު ކުރެވޭކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS