ކުޅިވަރު

އޮލިމްޕިކް ކޮމެޓީގެ އާ ދައުރަކަށް ސައްތާރު އިންތިހާބުވެއްޖެ

އޮލިމްޕިކް ކޮމެޓީގެ އާ ދައުރަކަށް ސައްތާރު އިންތިހާބުވެއްޖެ

މުޙައްމަދު އަބުދުލް ސައްތާރު، ފޮޓޯ: އެމްއޯސީ

farudhun logo

ފަރުދުން

02 ޖޫން 2025، 10:20

02 ޖޫން 2025، 10:20

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ ރައީސްކަމުގެ އާ ދައުރަކަށް މުޙައްމަދު އަބުދުލް ސައްތާރު (ޗަމްޕީ) އިންތިހާބުވެއްޖެއެވެ. 

އެމްއޯސީގެ ހިންގާ ކޮމެޓީ އިންތިހާބުކުރުމަށް ބޭއްވި އިންތިހާބު އޮތީ ހ. މީރުމާ ހޮޓަލުގައި މިއަދުއެވެ. އަދި އެމްއޯސީގެ ރައީސްކަމުގެ އައު ދަރަކަށް ސައްތާރު އިންތިހާބުކުރިއިރު އެ މަގާމަށް އިތުރު ކެންޑިޑޭޓަކު ވާދަކޮށްފައެއް ނުވެއެވެ.

މި އިންތިހާބުގައި އެމްއޯސީގެ ނައިބު ރައީސް ކަމަށް އިންތިހާބުކޮށްފައިވަނީ އިތުރު ދައުރަކަށް ޗެސް އެސޯސިއޭޝަންގެ ފަރާތުން ވާދަކުރި އަހުމަދު މުންތަގިމް (މުންތޭ) އާއި ހޭންޑްބޯލް މޯލްޑިވްސްގެ ފަރާތުން ވާދަކުރި އަޙްމަދު އިސްމާއިލްއެވެ.

އެމްއޯސީގެ ނައިބު ރައީސްކަމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުސްތަފާ މުހައްމަދު (މުސްތޮ) ވެސް ވާދަކޮށްފައިވެއެވެ. ނަމަވެސް ތިން ވޯޓާއެކު މުސްތޮއަށް ކުރިމަތިވީ ނާކާމިޔާބީއެވެ. ނައިބު ރައީސްކަމަށް އިންތިހާބުވި އަހުމަދަށް 15 ވޯޓު ލިބުނުއިރު މުންތަގިމްއަށް ލިބުނީ 12 ވޯޓެވެ. 

ކުރިންވެސް ރައީސް އާއި ނައިބު ރައީސުންގެ މަގާމުތައް ފުރުއްވި ބޭފުޅުން އިތުރު ދައުރަކަށް އިންތިހާބުކޮށްފައިވާއިރު މުންތަގިމްއަކީ މިދިޔަ އަހަރުގެ ޖޫންމަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އެމްއޯސީގެ ނައިބަކަށް އިންތިހާބުވި ބޭފުޅެކެވެ. މުންތަގިމް އެމަގާމަށް އިންތިހާބުކުރީ އެމްއޯސީގެ އޭރުގެ ނައިބު ރައީސް މުހައްމަދު ޠަލާލް، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމަށް އައްޔަންކުރެއްވުމާއި ގުޅިގެން އޭނާ މަގާމު ދޫކޮށްލެއްވުމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS