ކުޅިވަރު
ވޯލްޑް ސާފް ލީގު 2025 ގެ މުބާރާތުގެ އައު ވެނިއުއެއްގެ ގޮތުގައި އަބޫދާބީ ވޭވް ޕޫލް ހިމަނައިފި
ސަރފް އަބޫދާބީ
ހުލާސާ
75000 އަކަމީޓަރު (807،300 އަކަފޫޓު) ގެ މި ޕޫލްއަކީ ދުނިޔޭގެ އެންމެބޮޑު އާޓިފިޝަލް ވޭވް ޕޫލް
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ހުދައިރިއްޔާތު ގައި ހުންނަ ސަރފް އަބޫދާބީއަކީ 2025 ވަނަ އަހަރުގެ ޗެމްޕިއަންޝިޕް ޓުއަރގެ ދެވަނަ މަރުޙަލާގެ ވެނިއު އެވެ. ވޯލްޑް ސާފް ލީގު (ޑަބްލިއުއެސްއެލް) އިން ހާމަކުރި ގޮތުގައި، 2025 ވަނަ އަހަރު އަބޫދާބީގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު އާޓިފިޝަލް ވޭވް ޕޫލް، ރާޅާ އެޅުމުގެ ދުނިޔޭގެ މުބާރާތުގެ 11 މަންޒިލްގެ ތެރެއިން އެއް މަންޒިލްގެ ގޮތުގައި ހިމެނިގެންދާނެ އެވެ.މިލީގު ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ފިޖީގައެވެ.
މި މުބާރާތް ފެށިގެންދާނީ ޖެނުއަރީ މަހުގެ ފަހުކޮޅު ހަވާއީގެ މަޝްހޫރު ބަންޒާއީ ޕައިޕްލައިނުން ފެށިގެން، ފުރަތަމަ ފަހަރަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސަރފް އަބޫދާބީ ވޭވް ޕޫލަށް ދަތުރުކުރާ ގޮތަށެވެ. 75،000 އަކަމީޓަރު (807،300 އަކަފޫޓު) ގެ މި ޕޫލްގައި ބޭނުންކުރެވެނީ ކެލިފޯނިއާގެ ސަރފް ރެންޗްގައި 11 ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ކެލީ ސްލޭޓަރއާ އެކު ތަރައްޤީކޮށްފައިވާ ޓެކްނޮލޮޖީ އެވެ.
އަޅުގަނޑުމެން އިންތިޒާރުކުރަނީ ކުރިއަށް އޮތްތަނުގައި ދުނިޔޭގެ އެންމެ ޝަރަފުވެރި ރާޅާއެޅުންތެރިންނަށާއި ރާޅާއެޅުމުގެ މުޅި ދާއިރާއަށް ސަރފް އަބޫދާބީ ފެސިލިޓީން ފޯރުކޮށްދެވޭނެ ފުރުސަތުތައް ދެކުމަށް - ޑަބްލިއުއެސްއެލްގެ ސީއީއޯ ރަޔަން ކްރޮސްބީ ވިދާޅުވި އެވެ.
އިތުރަށް ތަރައްޤީވަމުންދާ ވޭވް ޓެކްނޮލޮޖީއާއި މެދުއިރުމަތީ ސަރަޙައްދުން ވެސް ޑަބްލިއުއެސްއެލްއަށް ލިބެމުންދާ ޝައުޤުވެރިކަން ހުރި ފުރުޞަތުތަކަކީ ލިބޭ ހިތްވަރެއްކަމަށާއި އަދި ކުރިއަށް އޮތް މަސްތަކުގައި މިކަން އިތުރަށް ކުރިއަރައިގެންދާނެކަމާމެދު ވަރަށް އުފާވެ ފަޚުރުވެރިވާކަމަށްވެސް ރަޔަން ކްރޮސްބީ ވަނީ ވިދާޅުވެފައެވެ.