ދުނިޔެ

ސޫދާނުގެ ވެރިރަށް ޚަރްޠޫމްގައި ދިން ވައިގެ ހަމަލާއެއްގައި 23 މަރު

ސޫދާނުގެ ވެރިރަށް ޚަރްޠޫމްގައި ދިން ވައިގެ ހަމަލާއެއްގައި 23 މަރު

ސޫދާނުގެ ވެރިރަށް ޚަރްޠޫމްގައި  ހުންނަ މާރުކޭޓަކަށް ދިން ވައިގެ ހަމަލާ ފޮޓޯ:އިންޓަރނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 އޮކްޓޯބަރު 2024، 02:56

14 އޮކްޓޯބަރު 2024، 02:56

ސޫދާނުގެ ވެރިރަށް ޚަރްޠޫމްގައި  ހުންނަ މާރުކޭޓަކަށް ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން 23 މީހުން މަރުވެއްޖެއެވެ. މީގެ އިތުރުން 40 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ހަމަލާދިން ސަރަޙައްދުގެ ކުއްލި ނުރައްކަލުގެ ޚިދުމަތްދޭ ފަރާތްތަކުން މަޢުލޫމާތު ދީފައިވެއެވެ.

 މި ހަމަލާ ދީފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. މި މާރުކޭޓަކީ ސޫދާނުގެ ވެރިރަށުގައި ހުރި މައިގަނޑު ހަނގުރާމަވެރި ސަރަޙައްދުތަކުގެ ތެރެއިން އެއް ސަރަޙައްދާ ކައިރީގައި ހުރި މާރުކޭޓެކެވެ. މިތަނުގައި ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސް (އާރު.އެސް.އެފް) އާއި ސިފައިންނާ ދެމެދު ހަނގުރާމަ ކުރިއަށްދެއެވެ..

 ޚަރްޠޫމްގައި ސަރަޙައްދުގެ ބޮޑު ބައެއް ކޮންޓްރންޓްރޯލް ކުރަނީ އާރް.އެސް.އެފްއިން ކަމަށާއި، ސިފައިން ވަނީ ވައިގެ މަގުން ސިޓީގެ މެދު އަދި ދެކުނު ސަރަޙައްދަށް ހަމަލާ ދީފައިވާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

 މި ހަނގުރާމައިގެ ސަބަބުން މިހާތަނަށް ދިހަ ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް މައުލޫމާތުލިބެއެވެ. އަދި މާރުކޭޓަށް ދިން ހަމަލާގައި ޒަޚަމްވި މީހުންގެ ތެރެއިން ބައެއް މީހުން ވަނީ ނުރައްކާތެރި ހާލަތެއްގައި ކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދީފައިވެއެވެ.

ސޫދާނުގެ ހަތިޔާރުއެޅި ބާރުތަކާއި (އެސްއޭއެފް) އަދި ޕެރަމިލިޓަރީ އާރްއެސްއެފް އާ ދެމެދު ހިނގަމުންދާ ހަނގުރާމަ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ދަނީ ހިނގަމުންނެވެ. މިހާތަނަށް މި ހަނގުރާމައިގައި 20،000 މީހުން މަރުވެފައިވާ އިރު، 10 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. އޭގެ ތެރެއިން 2.4 މިލިއަން މީހުން އެހެން ޤައުމުތަކަށް ފިލައިގެން ގޮސްފައިވެއެވެ. މިއީ އދ. އިން އަންދާޒާކުރާ އަދަދުތަކެވެ.

މި ލިޔުން ކިޔާލުމުން