ދުނިޔެ

އިޒްރާއިލްގެ ހަމަލާތަކުގައި މިހާތަނަށް ސާޅީސް ހާހަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުވެފައިވޭ!

އިޒްރާއިލްގެ ހަމަލާތަކުގައި މިހާތަނަށް ސާޅީސް ހާހަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުވެފައިވޭ!

އިޒްރާއިލުން އަލްއަޤްސާ މާތާޒް ހޮސްޕިޓަލަށް ދިން ހަމަލާއަށްފަހު. ފޮޓޯ:އަލްޖަޒީރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޯގަސްޓު 2024، 10:51

26 އޯގަސްޓު 2024، 10:51

އިޒްރާއިލްގެ ހަމަލާތަކުގައި މިހާތަނަށް ސާޅީސް ހާހަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުވެއްޖެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު 7ވަނަ ދުވަހު އިޒްރާއިލުން ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދޭންފެށި ހަމަލާތަކުގެ ސަބަބުން މިހާތަނަށް ފަލަސްޠީނުގެ 40,435 މީހަކު ޝަހީދުވެފައިވާއިރު އިޒްރާއިލް ފަޅިން 1,139 މީހަކު ވަނީ މަރުވެފައެވެ.

އިޒްރާއިލްގެ ހަމަލާތަކުގައި މިހާތަނަށް ސާޅީސް ހާހަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުވެފައިވޭ!

ފަލަސްޠީންގެ ކުޑަކުއްޖަކު ޝަހީދުވުމުން ގެންދާމަންޒަރު. ފޮޓޯ: އިންޓަރނެޓް

ފަލަސްޠީނުގެ އެންމެ ފަހުގެ އަދާހަމަތަކަށް ބަލާއިއިރު މިއަދު ފަލަސްޠީނުގެ ޣައްޒާއަށް އިޒްރާއިލުގެ އަނިޔާވެރި ސިފައިން ދިން ހަމަލާތަކުގައި ފަލަސްޠީނުގެ 7 މީހަކު ޝަހީދުވެފައިވެއެވެ.

މީގެއިތުރުން ޣައްޒާގެ ދެއިރް އަލް ބަލަޙް ގައި ހުރި ސިއްޚީ ޚިދްމަތް ދެވޭނެ ޙާލަތުގައި ހުރި ހޮސްޕިޓަލް ކަމަށްވާ އަލް އަޤްޞާ މާތަޒް ހޮސްޕިޓަލް ހުސްކޮށް އެތަން ހުސްކުރަން އަންގައިފައެވެ.

މިކަމާއި ހުރެ އެހޮސްޕިޓަލުގައި ފަރުވާހޯދަމުންދިޔަ ޒަޚަމްވެފައިތިބި މީހުން އެތަން ހުސްކޮށް އެތަން ދޫކޮށް ދާން ވަނީ މަޖުބޫރުވެފައެވެ.

ނަމަވެސް އިޒްރާއިލްގެ މި އެންގުމާއި ގުޅިގެން ފަލަސްޠީނުގެ ސިއްޚީ ވުޒާރާއިން ބުނެފައިވަނީ އެހޮސްޕިޓަލްގެ ޚިދްމަތް ހުއްޓައިނުލައި ކުރިއަށްގެންދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން