ކުޅިވަރު

ކްލަބް ވޯލްޑް ކަޕް: އާނޯލްޑުގެ ފުރަތަމަ އެސިސްޓާއެކު ރެއާލް ކުއާޓާއަށް

ކްލަބް ވޯލްޑް ކަޕް: އާނޯލްޑުގެ ފުރަތަމަ އެސިސްޓާއެކު ރެއާލް ކުއާޓާއަށް

ރެއާލް މެޑްރިޑްގެ އާނޯލްޑް އަދި ގާސިއާ އުފާފާޅުކުރަނީ، ފޮޓޯ: ގެޓީއިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 ޖުލައި 2025، 09:05

02 ޖުލައި 2025، 09:05

އިދިކޮޅު ޓީމުތަކުގެ ޕެނަލްޓީ އޭރިއާތެރެއަށް މޮޅު ބޯޅަތައް ހުރަސްކޮށްދިނުމަށް ފަރިތަ، ޓްރެންޓް އެލެކްސެންޑަރ-އާނޯލްޑް ރެއާލް މެޑްރިޑުގެ ޖާރޒީގައިކުރި ފުރަތަމަ އެސިސްޓާއެކު، އެ ޓީމު ކްލަބް ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް ދަތުރުކޮށްފިއެވެ.

ޓްރާންސްފާ ފީއަކާ ނުލައި މިއަންނަ ސީޒަނަށް އާނޯލްޑު ގެނައުމުގެ ކަންކަން ހަމަޖެހިފައިވަނިކޮށް، ލިވަޕޫލަށް 8.4 މިލިއަން ޕައުންޑު ދިނުމަށްފަހު ކްލަބް ވޯލްޑް ކަޕްގައި ކުޅެވޭ ގޮތަށް އޭނާ ރެއާލްއަށް ގެންދިއުމުން އެކަމަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. ނަމަވެސް، އެއީ ރެއާލްއިން ހޭދަކުރި ބޭކާރު ފައިސާއެއް ނޫންކަން އާނޮލްޑު މި އަންނަނީ ސާބިތުކޮށްދެމުންނެވެ.

ކްލަބް ވޯލްޑް ކަޕްގެ ގަދަ-16ގައި ރޭ ޖުވެންޓަސްއާ ބައްދަލުކުރި މެޗު ރެއާލްއިން ކާމިޔާބުކުރީ، މުބާރާތުގެ ހުރިހާ މެޗެއްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެން ނިކުންނަ އާނޯލްޑުގެ އެސިސްޓަކުންނެވެ. ޕެނަލްޓީ އޭރިއާގެ ކަނާތްފަރާތުގެ ކަނާ ދިމާލުން ހުރަސްކޮށްދިން ބޯޅަ ގޯލަށް ފޮނުވާލީ އުމުރުން 21 އަހަރުގެ ގޮންޒާލޯ ގާސިއާއެވެ. 

ގާސިއާގެ އެ ގޯލަކީ 10 މިލިއަން ޕައުންޑުގެ އަގުހުރި ގޯލެކެވެ. މުބާރާތުގެ ގަދަ-16އާ ހަމައަށް ދަތުރުކުރާއިރު 43 މިލިއަން ޕައުންޑު ލިބޭއިރު، އިތުރު 10 މިލިއަން ޕައުންޑަކީ ކުއާޓާއަށް ދަތުރުކުރާ ޓީމުތަކަށް ދޭން ކަނޑައަޅާފައިވާ އަދަދެވެ.

ޖުވެންޓަސްއާ ދެކޮޅަށް ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުން ވެސް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް ރެއާލްގެ ގޯލު ފޫއަޅުވާލެވިފައެވެ ނުވެއެވެ.

ރެއާލްގެ ކެޕްޓަން ފެޑެރިކޯ ވަލްވާޑޭ ވަނީ އެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއަށް ހުރަސްއެޅީ ޖުވެންޓަސްގެ ގޯލްކީޕަރު މިޝެލް ޑި ގްރެގޯރިއޯއެވެ. 

ކުއާޓާ ފައިނަލްގައި ރެއާލް ބައްދަލުކުރަން ޖެހޭނީ މޮނިޓެރޭ ބަލިކޮށް ކުއާޓާއަށް ދަތުރުކުރި ބްރޫޝިއާ ޑޯޓްމަންޑާއެވެ. 

މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗު ކުޅޭނީ ހުކުރު ދުވަހުގެ ރެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ސައޫދީ އަރަބިއްޔާގެ އަލް ހިލާލް އާއި ބްރެޒިލްގެ ފްލުމިނެންސޭއެވެ. ދެވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ފަތިހު ޕަލްމެއިރާސް އާއި ޗެލްސީ ބައްދަލުކުރާއިރު، އެރޭ ރާއްޖެ ގަޑިން 9 ޖަހާއިރު ބެޔާން މިއުނިކް ނިކުންނާނީ ޕީއެސްޖީއާ ދެކޮޅަށެވެ. އަދި ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ހޮނިހިރު ދުވަހުގެ ދަންވަރު ރާއްޖެ ގަޑިން 1 ޖަހާއިރު ކުޅޭނީ ރެއާލް މެޑްރިޑާއި ބޮރޫޝިއާ ޑޯޓްމަންޑެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS