Ads by Stelco

ޚަބަރު

މިދިޔަ މަހުގެ ނިޔަލަށް އެންމެ މެންބަރުން ގިނައީ ކޮންގްރެސް ޕާޓީގައި

މިދިޔަ މަހުގެ ނިޔަލަށް އެންމެ މެންބަރުން ގިނައީ ކޮންގްރެސް ޕާޓީގައި

ރިޔާސީ ކެމްޕެއިންގައި ރައީސް މުޢިއްޒު ވާހަކަފުޅު ދައްކަވަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

03 ޖުލައި 2025، 08:22

03 ޖުލައި 2025، 08:22

މިދިޔަ މަހުގެ ނިޔަލަށް އެންމެ މެންބަރުން ގިނައީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގައިކަމަށް އިލެކްޝަންސް ކޮމިޝަންސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން އެ ޕާޓީގައި ޖޫން 30ގެ ނިޔަލަށް 68،665 މެންބަރު ރެޖިސްޓަރ ކޮށްފައިވެއެވެ. އެއީ ސިޔާސީ ޕާޓީތަކުގައި ރެޖިސްޓަރކޮށްފައިވާ މީހުންގެ %44 އެވެ. 

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނައަށް އެންމެ މެންބަރުން ގިނައީ އިދިކޮޅުގައި އޮތް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގައެވެ. އެ ޕާޓީގެ ދަފްތަރުގައި 43،765 މެންބަރުން ހިމެނެއެވެ. އެއީ ސިޔާސީ ޕާޓީތަކުގައި ރެޖިސްޓަރކޮށްފައިވާ މީހުންގެ %28 އެވެ.

އެގޮތުން ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ކޮންގްރެސް ޕާޓީއެވެ. އެމްޑީޕީ އާއި ކޮންގްރެސް ޕާޓީއާ ދެމެދުގައި 24،900 މެންބަރުންގެ ފަރަގެއް ވެއެވެ.

އެހެން ޕާޓީތަކުގެ މެންބަރުންގެ އަދަދު:

  • ޖުމްހޫރީ ޕާޓީ: 13,456 
  • މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ): 9,011
  • ޢަދާލަތު ޕާޓީ: 8,844
  • މޯލްޑިވްސް ނެޝަނަލް ޕާޓީ: 5,836
  • ދަ ޑިމޮކްރެޓްސް: 3,547
  • ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް): 3,046
  • މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް: 2,272

ރާއްޖޭގައި މިހާރު އޮތް އެންމެ ގިނަ ދުވަސްވެފައިވާ ޕާޓީއަކީ އެމްޑީޕީއެވެ. އެ ޕާޓީއަށް މި އަހަރު ވަނީ 20 އަހަރު ފުރިފައެވެ. ދެން އެންމެ ގިނަ ދުވަސްވެފައިވާ ޢަދާލަތު ޕާޓީއަށް 20 އަހަރު ފުރޭނީ މިއަންނަ މަހެވެ. އަދި ތިންވަނައަށް އެންމެ ގިނަ ދުވަސްވެފައިވާ ޖުމްހޫރީ ޕާޓީއަށް ވަނީ 16 އަހަރު ފުރިފައެވެ. 

ކޮންމެ 6 މަހަކުން އެއްފަހަރު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދު އާންމުކުރުމަކީ އިލެކްޝަންސް ކޮމިޝަނަށް ޤާނޫނުން މަތިކޮށްފައިވާ ކަމެކެވެ. 

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ސިޔާސީ ޕާޓީތަކުގައި ރެޖިސްޓަރވުމަށް މިހާރު ހުށަހަޅަން ޖެހެނީ އީ-ފާސް މެދުވެރިކޮށް، އެ ކޮމިޝަނުގެ ޕޯޓަލް "my.elections.gov.mv" އަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS