Ads by Stelco

ޚަބަރު

ޝިޔާމަށް ކުރި ދަޢުވާ ދަޢުލަތުން އަނބުރާ ގެންގޮސްފި

ޝިޔާމަށް ކުރި ދަޢުވާ ދަޢުލަތުން އަނބުރާ ގެންގޮސްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވި މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

03 ޖުލައި 2025، 09:47

03 ޖުލައި 2025، 09:47

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވި މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމްގެ މައްޗަށް ދަޢުލަތުން ކުރި ދަޢުވާ އަނބުރާ ގެންގޮސްފިއެވެ. ޝިޔާމްގެ މައްޗަށް ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދަޢުވާއެވެ. އަދި އެ ދަޢުވާ އަނބުރާ ގެންދިޔައީ ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފަށް ހުށަހެޅުމަށްފަހުއެވެ.

ޝިޔާމްގެ މައްޗަށް ދަޢުވާ އުފުލާފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި އޭނާ ހުންނެވި ދުވަސްވަރު ސިފައިންގެ ވީއައިޕީ އިމާރާތެއްގައި އޭނާގެ ބައްޕަ ބަހައްޓައި އަދި ބައްޕަގެ ކަންކަން ބަލަހައްޓަން ސިފައިންގެ އޮފިސަރަކު ބެހެއްޓިކަމަށް ބުނެއެވެ. 

މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ނިންމީ ޝިޔާމްގެ މައްޗަށް ކުށް ސާބިތުނުވާކަމަށެވެ. 

މި މައްސަލަ މި އަހަރުގެ ޖެނުއަރީ މަހު އިސްތިއުނާފުކޮށްފައި ވަނިކޮށް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ މައްސަލަ ބާތިލްކޮށް ހައި ކޯޓުން ދައުވާ ފޯމު ބާތިލްކޮށްފައެވެ. 

މި މައްސަލައާ ގުޅިގެން ހައި ކޯޓުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ، ދައުވާ ފޯމު ބާތިލްކޮށްދިނުމަށް ދައުލަތުން އެދިފައިވަނީ މި ހާދިސާ ހިނގި ފަހުން ހަތް އަހަރުވެފައި ވާތީ އާއި ޝިޔާމްގެ މައްޗަށް ތުހުމަތުކުރެވޭ އިތުރު މައްސަލައެއް ވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ނެތުމުން އެ ކަންކަމަށް ރިއާޔަތްކޮށްފައި ކަމަށެވެ.

މި މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) 2020 ވަނަ އަހަރެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS