ކުޅިވަރު

ކްލަބް ވޯލްޑް ކަޕްގެ ސެމީއިން ޗެލްސީ ޖާގަ ހޯދައިފި

ކްލަބް ވޯލްޑް ކަޕްގެ ސެމީއިން ޗެލްސީ ޖާގަ ހޯދައިފި

ފުރަތަމަ ގޯލު ކާމިޔާބުކުރުމަށްފަހު ކޯލް ޕާމާ އުފާފާޅުކުރަނީ، ފޮޓޯ: ރޮއިޓާސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

05 ޖުލައި 2025، 08:55

05 ޖުލައި 2025، 08:55

އެމެރިކާގައި މިހާރު ކުރިޔަށްދާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ބްރެޒިލްގެ ޕަލްމެއިރާސް 2-1 އިން ބަލިކޮށް، ޗެލްސީއިން ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ފިލަޑެލްފިއާގެ ލިންކޮން ފައިނޭންޝިއަލް ފީލްޑްގައި ކުޅުނު މި މެޗުގައި ޗެލްސީއިން ވަނީ 16 ވަނަ މިނެޓުގައި ލީޑުނަގާފައެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ކޯލް ޕާމާއެވެ.

ނަމަވެސް ޕަލްމެއިރާސްއިން ވަނީ ދެވަނަ ހާފުގެ ކުރީކޮޅު މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލު ކާމިޔާބުކުރީ ކްލަބް ވޯލްޑް ކަޕަށްފަހު ޗެލްސީއާ ގުޅެން ނިންމާފައިވާ އެސްޓެވާއޯ ވިލިއަންއެވެ. އޭނާގެ ސޮއި ހޯދަން ޗެލްސީން ޖުމްލަ 50 މިލިއަން ޑޮލަރަށްވުރެ އިތުރަށް ހޭދަކުރާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަތީޖާ ހަމަހަމަކުރި ނަމަވެސް، ޕަލްމެއިރާސްއަށް މެޗު ގެއްލުނީ ހިތްދަތިގޮތަކަށެވެ. މެޗު ނިނެމް 7 މިނެޓަށްވެފައި ވަނިކޮށް، ޗެލްސީއަށް ލީޑު ލިބުނީ ޕަލްމެއިރާސްގެ ގޯލްކީޕަރުގެ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. ޗެލްސީގެ ފުލްބެކް، މަލޯ ގުސްޓޯ ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ބޯޅަ ގޯލަށް ވަނީ ކީޕަރު ވެވާރޓަން އަތުގައިޖެހިފައެވެ.

އެންޒޯ މަރެސްކާގެ ކޯޗުކަމުގައި ކުޅޭ ޗެލްސީން ސެމީ ފައިނަލުގައި ކުޅޭނީ ވެސް ބްރެޒިލްގެ ޓީމަކާ ދެކޮޅަށެވެ. އެގޮތުން، ސެމީގައި ޗެލްސީއާ ދެކޮޅަށް ކުޅޭނީ ކުރިން އެ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި، 40 އަހަރުގެ ޑިފެންޑަރު، ތިއާގޯ ސިލްވާގެ ކޯޗުކަމުގައި ކުޅޭ ފްލުމިނެންސޭއާއެވެ. ފްލުމިނެންސޭއިން ސެމީ ކަށަވަރުކުރީ ރޭ އަލް ހިލާލް 2-1 އިން ބަލިކުރުމަށްފަހުއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS