ކުޅިވަރު

ފުވައްމުލަކުގައި އަންހެނުންގެ ކްރިކެޓް މުބާރާތެއް ފަށައިފި

ފުވައްމުލަކުގައި އަންހެނުންގެ ކްރިކެޓް މުބާރާތެއް ފަށައިފި

އެޗްއޭއެސް ފުވައްމުލައް ވިމެންސް ޓީ20 ކުރިކެޓް މުބާރާތުގެ މެޗެއް، ފޮޓޯ: ސީބީއެމް

farudhun logo

ފަރުދުން

05 ޖުލައި 2025، 07:20

05 ޖުލައި 2025، 07:20

އެޗްއޭއެސް ފުވައްމުލައް ވިމެންސް ޓީ20 ކުރިކެޓް މުބާރާތުގެ ނަމުގައި ޏ. ފުވައްމުލަކުގައި އަންހެނުންގެ ކްރިކެޓް މުބާރާތެއް ފަށައިފިއެވެ. މި މުބާރާތުގައި ޖުމްލަ 5 ޓީމެއް އަންނަނީ ވާދަކުރަމުންނެވެ.

މި މުބާރާތް އިންތިޒާމު ކުރަނީ ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިންނެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި މުބާރާތް ކުޅެމުން އަންނަނީ ފުވައްމުލަކުގެ ދެ ޕިޗެއްގައެވެ. އަދި މުބާރާތުގައި ކޮންމެ ދުވަހަކު ދެ މެޗު ކުޅެއެވެ.

މުބާރާތުގެ ފައިނަލް ކުޅޭނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމުގެ ދެމެދުގައެވެ. 

އުމުރުގެ ގޮތުން ވަރަށް ހަގު ކުދިންނާއި، ބެލެނިވެރިންނާއި ޓީޗަރުންވެސް ހިމެނޭގޮތަށް ކުރިއަށްގެންދާ މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ސީބީއެމުން މައުލޫމާތުދެއެވެ.

މުބާރާތުގައި ވާދަކުރަމުން އަންނަނީ ފަތްމިނި، ހަބޭސް، ކަމަނަ، ކުރި ހިތްވަރު އަދި ރަނިންއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS