Ads by Stelco

ޚަބަރު

ބޭރު ކުންފުންޏަކަށް ވީއައިޕީ ޓާރމިނަލް ދީފިކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފި

ބޭރު ކުންފުންޏަކަށް ވީއައިޕީ ޓާރމިނަލް ދީފިކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފި

ވެލާނާ އެއާރޕޯޓުގެ ވީއަޕީ ޓާރމިނަލް، ފޮޓޯ: އެމްއޭސީއެލް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

06 ޖުލައި 2025، 06:36

06 ޖުލައި 2025، 06:36

ރާއްޖެއިން ބޭރުގެ ކުންފުންޏަކަށް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ ވީއައިޕީ ޓާރމިނަލް ދީފިކަމަށް ބުނެ ދެކެވޭ ވާހަކަތައް މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދު  ދޮގުކުރައްވައިފިއެވެ.

ޝަރީފް ވިދާޅުވީ، އެމްއޭސީއެލްއަށް އަބަދުވެސް ވަރަށް ގިނަ ކުންފުނިތަކުން އެކި މަޝްރޫޢުތަކަށް ތަފާތު ޕްރޮޕޯޒަލްތައް ލިބެމުން އަންނަ ކަމަށާއި، ދުބާއީގެ ޖެޓެކްސްއިން ހުށަހެޅި ޕްރޮޕޯޒަލްއަކީ ވެސް އެފަދަ ހުށަހެޅުމެއް ކަމަށެވެ.

އަދި ދުބާއީގެ ކުންފުންޏަކާއެކު އެފަދަ އެއްވެސް ނިންމުމެއް ނިންމާފައިނުވާނެކަމަށް ޝަރީފް ވިދާޅުވިއެވެ. 

އެމްއޭސީއެލްއަށް ޕްރޮޕޯޒަލްއެއް ލިބުމުން ޢަމަލުކުރަމުން އަންނަ އުސޫލު އޮޅުންފިލުވައިދެއްވަމުން ޝަރީފް ވިދާޅުވީ، ޕްރޮޕޯޒަލެއް ލިބުމުން މަޝްވަރާ ކުރަންޖެހޭ ޙާލަތުގައި މަޝްވަރާކޮށް ކަންކަމަށް ގޮތް ނިންމަނީ މުޅި ކުންފުންޏާއި ގައުމުގެ އެންމެ މަތީ މަސްލަހަތަށް އިސްކަންދީގެންކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދުބާއީގެ ޖެޓެކްސްއިން ހުށަހެޅީ 25 އަހަރަށް ވެލާނާ އެއާރޕޯޓުގެ ވީއައިޕީ ޓާރމިނަލް ހިންގައިދިނުމަށެވެ. އެގޮތުން މި މުއްދަތުގައި އެ ކުންފުނިން 25  މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) އިންވެސްޓް ކުރާނެކަމަށް ބުނެފައިވެއެވެ. އަދި ވީއައިޕީ ޓާމިނަލްގެ ޚިދުމަތްތައް ވިއްކައިގެން ދެ އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ފައިދާއެއް ނެރެވޭނެ ކަމަށް ލަފާކޮށްފައިވާއިރު، ފަސް ވަނަ އަހަރުން ފެށިގެން 3.3 މިލިއަން ޑޮލަރު (51 މިލިއަން ރުފިޔާ) ގެ އާމްދަނީއެއް ލިބޭނެކަމަށް އެ ޕްރޮޕޯޒަލްގައި އަންދާޒާކޮށްފައިވެއެވެ. މިއާއެކު އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ގެ ފައިދާއެއް ނެރެވޭނެކަމަށް ވެސް ބުނެފައިވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީ ޓަރމިނަލްގެ އިތުރުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުވެސް ބޭރުގެ ބަޔަކާ ހަވާލުކުރަން ނިންމަވާފައިވާކަމަށް ބުނެ މީޑިއާގައި ވަނީ އަޑުފެތުރިފައެވެ. ނަމަވެސް އެފަދަ ނިންމުމެއް މިހާތަނަށް ސަރުކާރުން ނިންމަވާފައި ނުވާކަމަށް ވިޔަފާރި އާއި އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS