ޚަބަރު
ހއ. ހޯރަފުށީ ކައުންސިލަށް އާރު.އެސް.ޑަބްލިއު ފައިނޭންސިންގ ފެސިލިޓީއާ ބެހޭ މަޢުލޫމާތު ހިއްސާކޮށްފި
ހއ. ހޯރަފުށީ ކައުންސިލްގައި ބޭއްވުނު ބައްދަލުވުން
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުން ހއ. ހޯރަފުށީ ކައުންސިލާއެކު އާރު.އެސް.ޑަބްލިއު ފައިނޭންސިންގ ފެސިލިޓީއާ ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއި އެލް.އެލް.އެފްގެ އެހީގައި ހިންގޭ މި މަޝްރޫޢުގެ ދަށުން ލިބެންހުރި ފައިނޭންސިންގ ފުރުޞަތުތަކާ ބެހޭ ތަފްޞީލީ މަޢުލޫމާތު ހިއްސާކުރެވުނު ކަމަށް އެވުޒާރާއިންވަނީ ހާމަކޮށްފައެވެ.
ބައްދަލުވުމުގައި އަލިއަޅުވާލެވުނު މައިގަނޑު ބައިތަކުގެ ތެރޭގައި:
- އާރު.އެސް.ޑަބްލިއު ސިސްޓަމްތަކާއި އޭގެ އެކި ބައިތަކުގެ މަޢުލޫމާތު
- ފައިނޭންސިންގ އިންތިޒާމުތަކުގެ ތަފްޞީލު
- އެޕްލިކޭޝަން ހުށަހެޅުމުގެ ޕްރޮސެސްއާ ބެހޭ މަޢުލޫމާތު
މީގެއިތުރުން، ހޯރަފުށީ ކައުންސިލްގެ މެންބަރުން ރަށުގެ މަސްވެރިކަމުގެ މިހާރުގެ ޙާލަތާއި، އާރު.އެސް.ޑަބްލިއު ފައިނޭންސިންގގެ ސަބަބުން ކުރިމަގުގައި ފަހިވެގެންދާނެ ފުރުޞަތުތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
ބައްދަލުވުން ނިންމާލެވުނީ ރަށުގެ މަސްވެރިންނާއި އުޅަނދުފަހަރުގެ ވެރިންނާއެކު އިތުރު ތަފްޞީލީ މަޢުލޫމާތު ދިނުމާއި ސުވާލު-ޖަވާބު ސެެޝަނެއް ބޭއްވުމަށް ރޭވުމަށްފަހުގައެވެ. މި މަސައްކަތަކީ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތްކަން ފާހަގަކުރެވެއެވެ.
Ministry's project management unit carried out a preliminary information session for Hoarafushi Council about its RSW Financing facility supported by @isdb_group and LLF. The session included information on RSW systems & its components, details of the financing arrangements and… pic.twitter.com/99OYbi2maM
— Ministry of Fisheries and Ocean Resources (@MFORmv) October 15, 2024