ދުނިޔެ
ޓެކްސަސް ފެންބޮޑުވުމުގައި މަރުވިމީހުންގެ ޢަދަދު 89 އަކަށް

ކަރ ކައުންޓީ، ޓެކްސަސް

ފަރުދުން
07 ޖުލައި 2025، 10:34
07 ޖުލައި 2025، 10:34
އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ ކަރ ކައުންޓީއަށް ހުކުރުދުވަހުން ފެށިގެން ވެހެމުން އަންނަ ބޯ ވިއްސާރައިގެ ސަބަބުން، ޙާލަތު ދަނީ ގޯސްވަމުންނެވެ. މަރުވެފައިވާ މީހުންގެ ޢަދަދު 24 ކަމަށް ހޮނިހިރުދުވަހު އޮފިޝަލުން އެންގި ނަމަ ވެސް، އެޢަދަދު މިހާރު 89 އަކަށް އިތުރުވެފައިވާކަމަށް މީޑިޔާތަކުން މިއަދު ރިޕޯޓުކޮށްފިއެވެ. މީގެ އިތުރުން، ފެންބޮޑުވުމުގެ ޙާދިޘާއާ ގުޅިގެން ގެއްލިފައިވީ މީހުންގެ ތެރެއިން، 28 ކުޑަކުދިން ހިމެނޭހެން 69 މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށް ކަރ ކައުންޓީގެ ޝެރިފް އިއްޔެ ވަނީ ހާމަކުރައްވާފައެވެ. ޝެރިފް ލީތާ ވިދާޅުވި ގޮތުގައި، މިސްޓިކް ކޭމްޕް އިން ގެއްލުނު 10 ކުއްޖަކާއި އެކޭމްޕުގެ ކައުންސެލަރު އަދިވެސް ދަނީ ހޯދަމުންނެވެ.
މިޙާދިޘާއާ ގުޅިގެން، ނިޔާވި ފަރާތްތަކުގެ ޢާއިލާތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. ގެއްލިފައި ތިބި މީހުން ހޯދުމަށް ކެނޑިނޭޅި މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން، މާދަމާ ވެހޭނެ ވިއްސާރައިގެ ސަބަބުން ނުރައްކާ އިތުރުވެދާނެކަމަށް ޓެކްސަސްގެ ގަވަރނަރ ގްރެގް އެބޮޓް ވަނީ އިންޒާރުކުރައްވާފައެވެ.