ކޮލަމް / ސައިންސް / ދުނިޔެ

ކާރިސާތަކުގައި ދިރިތިބި މީހުން ހޯދުމަށް "ސައިބޯގް ބީޓްލްސް" ބޭނުންކުރެވިދާނެ ކަން ހޯދައިފި

ކާރިސާތަކުގައި ދިރިތިބި މީހުން ހޯދުމަށް "ސައިބޯގް ބީޓްލްސް" ބޭނުންކުރެވިދާނެ ކަން ހޯދައިފި

ސައިބޯގް ބީޓްލްސް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 ޖުލައި 2025، 06:28

07 ޖުލައި 2025، 06:28

ދިރާސާކުރާ ސައިންޓިސްޓުން ގުދުރަތީ ކާރިސާތަކުގައި، ޚާއްސަކޮށް ވެއްޓިފައިވާ އިމާރާތްތަކާއި، މައިން ވަޅުތަކުގައި ތާށިވެފައިވާ މީހުން ހޯދުމަށް އެހީތެރިވުމަށްޓަކައި،  ބޯޓްލްސް ނުވަތަ ރުކުމަޑި ރިމޯޓުން ކޮންޓްރޯލްކޮށްގެން މަސައްކަތް ކުރުވުމުގެ މުހިންމު ތަޖުރިބާއެއް ސައިންސްވެރިން ކޮށްފިއެވެ. މި ތަޖުރިބާގައި ބޭނުންކުރާ ސޫފިތަކަށް މިހާރު ކިޔާފައިވަނީ “ސައިބޯގް ބީޓްލްސް” އެވެ.

އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވަރސިޓީގެ ދިރާސާވެރިން ވަނީ ޑާކްލިން ބީޓްލްސް ގައި ކުދިކުދި ބެކްޕެކް ފަދަ އާލާތްތަކެއް ހަރުކޮށްފައެވެ. މި އާލާތްތަކުގެ ސަބަބުން ވީޑިއޯ ގޭމް ކޮންޓްރޯލަރއް ބޭނުންކޮށްގެން މި ބީޓްލްސްގެ ހަރަކާތްތައް ކޮންޓްރޯލް ކުރެވޭނެއެވެ.

މި ދިރާސާގެ އިސްވެރިޔާ، ޑރ. ތަންގ ވޫ ދުއާން ވިދާޅުވީ، ބީޓްލްސްއަކީ ގުދުރަތީގޮތުން ހަނި އަދި އޮޅުން ބޮޅުން ގިނަ މަގުތަކުގައި ހަރަކާތްތެރިވުމުގެ ގާބިލުކަން ލިބިފައިވާ ސޫފިތަކެއް ކަމަށެވެ. އެތެރެއަށް ވަދެގަންނަން ދަތި ތަންތަނަށް ރޮބޮޓްތަކަށް ވަދެގަންނަން ނުކުޅެދޭއިރު، ބީޓްލްސްއަށް އެތަންތަނަށް ވަދެގަނެވޭނެއެވެ. ޑރ. ވޫ ދުއާން އިތުރަށް ވިދާޅުވީ، "އަހަރެމެން މި ގުދުރަތީ ހުނަރު ބޭނުންކޮށްފައި، މި ސޫފިތަކުގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމަށްޓަކައި ސިސްޓަމެއް ހަރުކޮށްފައިވާއިރު، އެއްވެސް ގޮތަަކަށް މީގެ ސަބަބުން އެ ސޫފިތަކުގެ އުމުރަށް އެއްވެސް އަސަރެއް ނުކުރާނެ."

ރޮބޮޓްތަކަށްވުރެ ގުދުރަތީގޮތުން މޮޅު

މި ހޯދުންތަކުގެ ޓީމުގެ މެންބަރެއް ކަމަށްވާ ލެކްލަން ފިޓްޒްޖެރަލްޑް ވިދާޅުވީ، މި ބީޓްލްސްއަށް ދިމާދިމާލަށް ހަރަކާތްތެރިވުމުގެ އިތުރުން ސީދަލަށް މައްޗަށް އެރުމުގެ ގާބިލުކަންވެސް ލިބިފައިވާ ކަމަށެވެ. މިހާރުގެ އާޓިފިޝަލް ރޮބޮޓްތަކަށް ތަނަކަށް ސީދާ މައްޗަށް އަރަން ދަތި ގޮންޖެހުމަކަށް ވިޔަސް، މި ސޫފިތަކަށް އެކަން ފަސޭހަކަމާއެކު ކުރެވޭނެއެވެ.

ޑރ. ވޫ ދުއާން ވަނީ މި ބީޓްލްސްއަށް އެންމެ ކުދި ހޮރުތަކުން ވަދެގެންގޮސް ، އޮޅުން ބޮޅުން ގިނަ ތަންތަނުގައި ހަރަކާތްތެރިވުމުގެ ގާބިލުކަން ލިބިފައިވާތީ، ބިންހެލުމާއި އިމާރާތްތައް ވެއްޓުންފަދަ ގުދުރަތީ ކާރިސާތަކުގައި މީހުން ހޯދާ ސަލާމަތްކުރުމުގެ މަސައްކަތްތަކަށް އެއީ ވަރަށް އެކަށީގެންވާ ވަސީލަތެއް ކަމަށް ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ: "ގާތަކުގެ ދަށުގައި މީހުން ތާށިވެފައި ތިބޭނަމަ، ވަގުތުން އެމީހުން ދެނެގަތުމަކީ ނުހަނު މުހިންމު ކަމެއް. އަހަރެމެންގެ އަމާޒަކީ ދަތި އަދި އޮޅުން ބޮޅުންގަނޑު މާހައުލުތަކުގައި ދަތުރުކުރެވޭނެ، ސަލާމަތްނުކުރެވޭ މީހުން ދެނެގަނެވޭނެ، ލިބިފައިވާ އަނިޔާ ވަޒަންކުރެވޭނެ، އަދި ވަށައިގެންވާ ހާލަތު ދިރާސާކުރެވޭނެ އާލާތެއް ތަރައްގީކުރުން."

ބަޔޮލޮޖީއާއި ރޮބޮޓިކްސްގެ މިފަދަ އެންމެ ފަހުގެ ދިރާސާތަކަކީ، ކާރިސާތަކަށް އެހީތެރިވުމުގެ މަސައްކަތްތަކަށް ބޮޑު އިންގިލާބެއް ގެނެސްދާނެ ކަމަށް އެމީހުން ދެކެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS