ޚަބަރު
ދިވެހި ލިޔުންތެރިންގެ ގަލަންތަކުން ފޭދޭ ކޮންމެ ދެލި ތިއްކަކީ ޤުރުބާނީއެއް: ފަސްޓް ލޭޑީ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ފޮޓޯ: ރައީސް އޮފީސް
ދިވެހި ލިޔުންތެރިންގެ ގަލަންތަކުން ފޭދޭ ކޮންމެ ދެލި ތިއްކަކީ ޤުރުބާނީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މުޙައްމަދު މިފަދައިން ވިދާޅުވީ، ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެ ކަމަނާގެ ޕޯސްޓުގައި ވިދާޅުވީ، ދިވެހި ލިޔުންތެރިންނަކީ މި ޤައުމުގެ ދެމިއޮތުމާއި ދިވެހިވަންތަކަމުގެ ޙައްޤުގައި ޤުރުބާންވާ ބައެއްކަމަށެވެ.
ދިވެހި ލިޔުންތެރިންގެ ގަލަންތަކުން ފޭދޭ ކޮންމެ ދެލި ތިއްކަކީ، މި ޤައުމުގެ ދެމިއޮތުމާއި ދިވެހިވަންތަކަމުގެ ޙައްޤުގައި ވެދޭ ޤުރުބާނީއެއް.
— First Lady Sajidha Mohamed (@sajidhaamohamed) July 8, 2025
ދިވެހި ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހި ލިޔުންތެރިންނަށް އަރިސް ކުރަން. pic.twitter.com/KqgakItAsT
މެޑަމް ސާޖިދާގެ ޕޯސްޓުގައި އެ ކަމަނާ ވަނީ ދިވެހި ހުރިހާ ލިޔުންތެރިންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.
ލިޔުންތެރިންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ދިވެހި ޤައުމު އާރާސްތުކޮށް ކުރިއަރާ ދިއުމުގައި ދިވެހި ލިޔުންތެރިން އަދާކުރާ މުހިންމު ދައުރު އަގުވަޒަންކުރުމެވެ.