ވިޔަފާރި / ޚަބަރު

އެންމެ ބޮޑެތި މަތިންތާބޯޓު ޖެއްސޭގޮތަށް މާފަރު އެއާރޕޯޓު ތަރައްޤީކޮށް ނިންމައި، ރަސްމީކޮށް އިފްތިތާޙުކޮށްފި

އެންމެ ބޮޑެތި މަތިންތާބޯޓު ޖެއްސޭގޮތަށް މާފަރު އެއާރޕޯޓު ތަރައްޤީކޮށް ނިންމައި، ރަސްމީކޮށް އިފްތިތާޙުކޮށްފި

މާފަރު އެއާރޕޯޓު ތަރައްޤީކޮށް ނިންމައި، ރަސްމީކޮށް އިފްތިތާޙުކުރުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 ޖުލައި 2025، 12:28

08 ޖުލައި 2025، 12:28

އެންމެ ބޮޑެތި ވައިޑް-ބޮޑީ މަތިންތާ ބޯޓު ޖެއްސޭގޮތަށް މާފަރު އިންޓަނޭޝަނަލް އެއާރޕޯޓު ތަރައްޤީކޮށް ނިންމައި، އެ ޚިދުމަތް ރަސްމީކޮށް މިއަދު އިފްތިތާޙުކޮށްފިއެވެ.

މި ޚިދުމަތް އިފްތިތާޙު ކުރުމަށް މާފަރު އެއާރޕޯޓަށް ވަނީ ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ޖައްސާފައެވެ. އަދި އެ ބޯޓަށް މަރުޙަބާ ކިއުމަށް ވޯޓަރ ސެލިއުޓެއް އަރުވާފައި ވެއެވެ. 

މި ޙާއްސަ ރަސްމިއްޔާތުގައި އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި، ގެދޮރުވެރިކަމާ އިމާރާތްކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، ޔޫއޭއިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ސެއިޚް އަބްދުލްރަޙްމާން އަލް ޝަމްސީ އާއި ޑިރެކްޓަރ ޖެނެރަލް އޮފް ދި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް، ހިސް އެކްސެލެންސީ މުޙައްމަދު ސައިފް އަލް ސުވައިދީ އަދި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް އިޔާސް ބައިވެރިވެވަޑައިގެންނެވިއެވެ.

މާފަރު އެއާރޕޯޓުގެ ދެވަނަ ފިޔަވަހީގައި ރަންވޭއަށް 650 މީޓަރު އިތުރުކޮށް ފުޅާކޮށް، ބޮއިންގ 777-އީއާރް300 ފްލައިޓް ޖެއްސޭގޮތަށް ތަރައްޤީ ކުރެވުނެވެ. މީގެއިތުރުން ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތާ، ރަންވޭގެ އެއަރފީލްޑް ލައިޓް އަޕްގްރޭޑްކުރުމުގެ މަސައްކަތްވަނީ ކުރިއަށްގެންގޮސްފައެވެ. 

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ކުރިއަށްގެންދިޔައީ އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް މެދުވެރިކޮށް ޔުނިޓެޑް އަރަބް އެމިރެޓްގެ އެހީތެރިކަމާއެކުގައެވެ. އަދި ދެވަނަ ފިޔަވަހި ހިމެނޭހެން އެއަރޕޯޓްގެ ހުރިހާ މަސައްކަތްތައް ނިންމާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުއެވެ. މި މަޝްރޫޢުގެ ދެ ފިޔަވާހިގެ މަސައްކަތަށް އަބޫދާބީ ފަންޑުން 76 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ އެހީ ވަނީ ހަމަޖައްސާފައެވެ. 

މި އަޕްގްރޭޑާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރާ ދިވެހިންނަށް އިޤުތިޞާދީ އިތުރު ފުރުޞަތުތައް ފަހިވަމުންދާނެކަމަށް، އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވަނީ މެއި މަހު ވިދާޅުވެފައެވެ. ވަޒީރު އެހެން ވިދާޅުވީ، މާފަރު އިންޓަރނޭޝަނަލް އެއަޕޯޓަށް ފުރަތަމަ ފަހަރަށް ބޮއިން 777 މަރުކާގެ ވައިޑް ބޮޑީ ފްލައިޓެއް ޖެއްސުމާ ގުޅިގެންނެވެ. އެއީ އެއާރޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމުން ޓެސްޓް ފްލައިޓެއްގެ ގޮތުގައި  ޖެއްސި ފްލައިޓެކެވެ. 



ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އޭވިއޭޝަންގެ ދާއިރާ ލިބުނު މި ކުރިއެރުމާއި އެކު މަތީ ފަންތީގެ ފަތުރުވެރިންނަށް ރާއްޖެއަށް އައުމުގައި ފަސޭހަވެގެންދާނެ ކަމަށެވެ.

މާފަރު އެއަރޕޯޓު ހުޅުވައިފައިވަނީ 2019 ވަނަ އަހަރުއެވެ. އަދި މި ތަން އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS