ޚަބަރު
މިލަންދޫގައި މަސައްކަތްކުރާ ފުލުހުންތަކަކަށް ގިނަ ފައިސާތަކެއް ޖަމާވި މައްސަލައެއް ބަލަން ފަށައިފި

ދިވެހި ފުލުހުން---

ފަރުދުން
08 ޖުލައި 2025، 10:44
08 ޖުލައި 2025، 10:44
ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާތަކެއް ޖަމާވި މައްސަލައެއް ބަލަން ފަށާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ އިދާރާއިން ވަނީ އެ އޮފިސަރުން މާލެ ގެނަސް، މި މައްސަލައިގެ ތަޙުޤީޤެއް ފަށާފައެވެ. މި މައްސަލަ ތަޙުޤީޤު ކުރަމުންދަނީ ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުންނެވެ.
ބައެއް ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ފެންމަތިވެފައި ވަނީ ފުލުހުންގެ އަމިއްލަ އެކައުންޓަށް ކޮއްތު ފައިސާ ޖަމާކުރި މައްސަލައެކެވެ. އަދި އެކަންކުރަމުން ދިޔައީ އެ ރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނަށް ކޮއްތު ދިނުމަށް ހަވާލުކޮށްފައިވާ ފަރާތާ ގުޅިގެންކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.
މި މައްސަލައިގައި ހިމެނޭ ފުލުހުންގެ އަދަދާއި އަދި ފައިސާގެ އަދަދާ ގުޅިގެން އެ އިދާރާއިން އެއްވެސް މަޢުލޫމާތެއް މިހާތަނަށް ޙިއްސާކޮށްފައެއް ނުވެއެވެ.