ކުޅިވަރު

ވިކެޓު ވޮރިއާސްއިން ފުވައްމުލަކުގައި ބޭއްވި އަންހެނުންގެ ކުރިކެޓު މުބާރާތް ކާމިޔާބުކޮށްފި

ވިކެޓު ވޮރިއާސްއިން ފުވައްމުލަކުގައި ބޭއްވި އަންހެނުންގެ ކުރިކެޓު މުބާރާތް ކާމިޔާބުކޮށްފި

ފުވައްމުލަކުގައި ބޭއްވި އަންހެނުންގެ ކުރިކެޓު މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލުކުރުން، ފޮޓޯ: ސީބީއެމް

farudhun logo

ފަރުދުން

09 ޖުލައި 2025، 08:41

09 ޖުލައި 2025، 08:41

ފުވައްމުލަކުގައި ބޭއްވި ވިމެންސް ޓީ10 ކްރިކެޓް ކަޕުގެ ޗެމްޕިއަންކަން ވިކެޓް ވޮރިއާސްއިން ހޯދައިފިއެވެ. 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ފުވައްމުލައް ސިޓީގައި ކުރިއަށްގެންދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ 24 ލަނޑުގެ ތަފާތުން ޓީމް ބެޓްލިންގ ބްލާސްޓާސް ބަލިކޮށްގެންނެވެ. 

ފައިނަލް މެޗުގައި ޓޮސް ދިމާވުމުން ފުރަތަމަ ކުޅެން ނިކުތީ ވިކެޓް ވޮރިއާސްއެވެ. އެ ޓީމުން ކުޅެން އަރާ 10 އޯވަރުގެ ތެރޭގައި 5 ވިކެޓަށް ހެދިފައި ވަނީ 49 ލަނޑެވެ. ޖަވާބުގައި ބެޓްލިންގ ބްލާސްޓާސް ކުޅެން އަރައި 8.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 25 ލަނޑެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްދިޔަ މި މުބާރާތް ކުޅެފައިވަނީ ފުވައްމުލަކުގެ ދެ ޕިޗެއްގައެވެ. އަދި މުބާރާތުގައި ކޮންމެ ދުވަހަކު ދެ މެޗު ކުޅުނެވެ. 

ވިކެޓް ވޮރިއާސް އާއި ޓީމް ބެޓްލިންގ ބްލާސްޓާސް ފައިނަލަށް ދަތުރުކުރީ ލީގު ބުރުގައި އެންމެ ގިނަ ޕޮއިންޓު ހޯދި ދެ ޓީމުގެ ގޮތުގައެވެ. 

އުމުރުގެ ގޮތުން ވަރަށް ހަގު ކުދިންނާއި، ބެލެނިވެރިންނާއި ޓީޗަރުންވެސް ހިމެނޭގޮތަށް ކުރިއަށްދިޔަ މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ސީބީއެމުން ވަނީ މަޢުލޫމާތުދީފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS