Ads by Stelco

ޚަބަރު

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުން މިހާތަނަށް 250،000އަށް ވުރެ ގިނަ ޕަސެންޖަރުންނަށް ޚިދުމަތް ދީފި

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުން މިހާތަނަށް 250،000އަށް ވުރެ ގިނަ ޕަސެންޖަރުންނަށް ޚިދުމަތް ދީފި

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ފޮޓޯ: ޓީޓީއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ޖުލައި 2025، 10:55

09 ޖުލައި 2025، 10:55

ނ. މާފަރުގައި ތަރައްޤީކޮށްފައިވާ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުން މިހާތަނަށް 250،000އަށް ވުރެ ގިނަ ޕަސެންޖަރުންނަށް ޚިދުމަތް ދީފައިވާކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙީމް އިޔާސް ވިދާޅުވެއްޖެއެވެ.އިޔާސް މިހެން ވިދާޅުވީ އިއްޔެ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ނިންމާ، ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙީމް އިޔާސް ވިދާޅުވީ، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ބައިނަލްއަޤުވާމީ ފްލައިޓްތައް އޮޕަރޭޓްކުރަމުންދާ އެއަރޕޯޓް ކަމަށެވެ. އަދި ޑިސެމްބަރު 2019އިން މިދިޔަ ޖޫން މަހުގެ ނިޔަލަށް 3000އަށްވުރެ ގިނަ އިންޓަރނޭޝަނަލް ފްލައިޓް މި އެއަރޕޯޓަށް ވަނީ އޮޕަރޭޓްކުރެވިފައެވެ. ޖުމްލަ 9000އަށްވުރެ ގިނަ ފްލައިޓާއި، 250،000އަށްވުރެ ގިނަ ފަސެންޖަރުންނަށް މި އެއަރޕޯޓުން ޚިދުމަތް ދެވިފައިވާކަމަށް އިޔާސް ހާމަކުރެއްވިއެވެ. މި އަދަދުތަކުގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގެ އިތުރުން ޕްރައިވެޓް ޖެޓްތައްވެސް ހިމެނެއެވެ.

މި އެއަރޕޯޓާއި އެކު މި ސަރަހައްދުގައި 70އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދެވިފައިވާކަން އިޔާސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގުމުގެ މަސްއޫލިއްޔަތާއި ހަވާލުވިފަހުން މި އެއަރޕޯޓަކީ ރާއްޖޭގެ ރީޖަނަލް ހަބަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން މާފަރު އެއަރޕޯޓުގެ އޮޕަރޭޝަންތައް ވަރުގަދަކޮށް ބައިނަލްއަޤުވާމީ ފެންވަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މާފަރު އެއަރޕޯޓުގެ ރަންވޭ އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢު 2022ވަނަ އަހަރު އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)ގެ އެހީތެރިކަމާއެކު ފެށިގެންގޮސްފައިވާއިރު، މި މަސައްކަތުގެ ދަށުން 2200 މީޓަރުން 2850 މީޓަރަށް އެއަރޕޯޓުގެ ރަންވޭ ބޮޑުކޮށް މިހާރު ވަނީ ޚިދުމަތްތަށް ހުޅުވާލާފައެވެ. މި ރަންވޭ ތަރައްޤީކޮށްފައިވަނީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ގޮތަށެވެ.

މާފަރު އެއަރޕޯޓު ހުޅުވާފައިވަނީ 2019 ވަނަ އަހަރުއެވެ. އަދި އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ ޕްރައިވެޓު ޖެޓުތަކުގެ ޖެއްސުމަށް މަޤްބޫލު އެއަރޕޯޓެކެވެ. މަތީފަންތީގެ ގިނަ ރިސޯޓުތަކެއް ނ، ރ އަދި ބ އަތޮޅުގައި ހިންގަމުންދާއިރު، އެ ރިސޯޓުތަކަށް ޖެޓުތަކުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން ގިނައިން ބޭނުންކުރަނީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS