ދުނިޔެ

ޣައްޒާގައި މިއަދު އިތުރު 16 މީހަކު ޝަހީދުކޮށްލައިފި

ޣައްޒާގައި މިއަދު އިތުރު 16 މީހަކު ޝަހީދުކޮށްލައިފި

އިޒްރާއީލުން ބޮންއަޅައި ސުންނާފަތިކޮށްފައިވާ ޣައްޒާގެ ސްކޫލެއް. (ފޮޓޯ: ރަމަޟާން ޢާބިދު، ޖުލައީ 8 2025)

farudhun logo

ފަރުދުން

09 ޖުލައި 2025، 11:35

09 ޖުލައި 2025، 11:35

އިއްޔެގެ ވަޤުތުތަކުގައި އިޒްރާއީލުން ޣައްޒާއަށް ދިން ޙަމަލާތަކުގައި ޝަހީދުވި 95 މީހުންގެ އިތުރުން، ރޭ ފަތިހު އިޒްރާއީލުން އިތުރު 16 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް މީޑިޔާ ތަކުން ރިޕޯޓްކޮށްފިއެވެ. މީގެ ތެރޭގައި، ޝާޠިއު ރެފިއުޖީ ކޭމްޕުގައި ޝަހީދުވީ 8 މީހުންނާއި، ދީރުލް ބަލަޙުގައި އިޒްރާއީލުން ބޮން އެޅުމުގެ ސަބަބުން ޝަހީދުވި 2 މީހަކާއި، ޚާން ޔޫނިސް ގައި ޑްރޯން ޙަމަލާގެ ސަބަބުން ފުރާނަ ގެއްލުނު 2 މީހަކު ހިމެނެއެވެ. 

 

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވާގޮތުގައި، އިޒްރާއީލުގެ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން ޖުމުލަ މަރުވެފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ ގާގްގަނޑަކަށް 57،575 އަށް އަރާފައެވެ. އަދި އިޒްރާއީލުން މިހާތަނަށް ފަލަސްޠީނުގެ 136،879 މީހަކު ޒަޚަމްކޮށްލާފައި ވެއެވެ. މިދިޔަ 7 ދުވަހުގައި މުއްދަތުގައި އެކަނިވެސް، ކާއެތިކޮޅެއްގެ އިންތިޒާރުގައި ތިބި 168 ފަލަސްޠީނު ރައްޔިތުން އިޒްރާއީލުން ޝަހީދުކޮށްލާ، 745 މީހުން ވަނީ ޒަޚަމުކޮށްލާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS