ޚަބަރު
އެމްއޭސީއެލް މުވައްޒަފުންނަށް ވައިގެ ބަނދަރުތަކުގެ ތެޔޮ އެޅުމުގެ ނިޒާމު ހަރުދަނާކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިިފި
ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލި އެންމެހާ ބައިވެރިން ފޮޓޯ:އެމްއޭސީއެލް
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބޭއްވި "އީޓަން ކާޓަރ ގްރައުންޑް ފިއުލިންގ ކޮމްޕޯނަންޓްސް" ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ހެނެފްލެކްސްގެ ތަޖުރިބާކާރު ތަމްރީނު ދޭ ފަރާތެއްގެ އިރުޝާދުގެ ދަށުންނެވެ.
މި ތަމްރީނު ޕްރޮގްރާމްގައި އެމްއޭސީއެލްގެ 16 މުވައްޒަފުންނާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ 3 މުވައްޒަފުން ބައިވެރިވެ، އީޓަން ކާޓަރ ގްރައުންޑް ފިއުލިންގ ކޮމްޕޯނަންޓްސް މަރާމާތުކުރުމާއި، މެއިންޓެނަންސް އަދި އޯވަރހޯލް ކުރުމުގެ ހުނަރުތައް އިތުރަށް ތަރައްޤީކޮށްފައިވެއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ އެމްއޭސީއެލްގެ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކޮށް، ވައިގެ ބަނދަރުތަކުގެ ތެޔޮ އެޅުމުގެ ނިޒާމު ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މުވައްޒަފުން މި ތަމްރީނުގައި ބައިވެރިވުމަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ވައިގެ ބަނދަރުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ފަންނީ މަޢުލޫމާތު ޙިއްޞާކުރުމަށް ލިބުނު ރަނގަޅު ފުރުޞަތެކެވެ.
އެމްއޭސީއެލް ފަރާތުން މި ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލި ކަމަށް ބުނެ، މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުމަށް ކުންފުނިން ދެމުންގެންދާ އަހައްމިއްޔަތުކަން ފާހަގަކޮށްފައިވެއެވެ.
<blockquote class="twitter-tweet"><p lang="en" dir="ltr">We recently concluded the Eaton Carter Ground Fueling Components training, led by a Haneflex trainer. 16 participants from MACL and 3 from Addu International Airport enhanced their skills in the maintenance, repair, and overhaul of Eaton Carter Ground Fueling Components. <a href="https://t.co/kyR6JKzyjd">pic.twitter.com/kyR6JKzyjd</a></p>— Maldives Airports Company Ltd (@MACLmedia) <a href="https://twitter.com/MACLmedia/status/1846518882707607988?ref_src=twsrc%5Etfw">October 16, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>