ކުޅިވަރު / ޚަބަރު
ތަމުރީނަށް ރާއްޖެއިން ބޭރަށް ކުޅުންތެރިން ފޮނުވުމުގެ ކަންކަން ދަނީ ކުރެވެމުން: ކުޅިވަރު ވަޒީރު

ޕީއެސްއެމްއަށް ކުޅިވަރު ވަޒީރު ދެއްވި އިންޓަވިޔުއެއް.

ފަރުދުން
12 ޖުލައި 2025، 12:49
12 ޖުލައި 2025، 12:49
ހުލާސާ
ދިވެހި ކުޅުންތެރިން ބޭރުގެ ޤައުމުތަކަށް ފޮނުވައިގެން ތަމުރީނުކުރުމުގެ ފުރުޞަތު ހޯއްދަވައިދެއްވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. މިވިސްނުންފުޅުގެ ދަށުން، ދިވެހި ކުޅުންތެރިންނަށް ބޭރު ޤައުމުތަކުގެ ކުޅުންތެރިންނާ އެކު ކުޅެލުމާއި، އެމީހުންގެ ކިބައިން ފަންނީ އުކުޅުތައް ދަސްކުރުމުގެ ފުރުޞަތު ފަހި ކޮށް ދެއްވާނެ ކަމަށް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
ފާއިތުވި ޖޫންމަހު ދެކުނު ކޮރެއާގައި ބޭއްވުނު އޭޝިޔަން ޔޫތު ނެޓުބޯޅަ ޗެމްޕިޔަންޝިޕުން ދެވަނަ ހޯދި، 21 އަހަރުން ދަށުގެ ޒުވާން ޤައުމީ ނެޓުބޯޅަ ޓީމަށް މަރުޙަބާ ދަންނަވަމުން، އެހެން ކުޅިވަރުތަކޭ އެއް ފަދައިން، ނެޓުބޯޅަ ވެސް ކުރިއެރުމަށް ފުޅާ ދާއިރާއެއް ގައި މަސައްކަތްތަކެއް ކުރެވެމުން ދާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.
"މިއަހަރު ކުރީކޮޅުގައިވެސް އަޅުގަނޑުމެން ނެޓްބޯޅަ ޓީމާ ވާހަކަދައްކާފަ އޮންނާނެ އިތުރަށް އެކްސްޕޯޜަރ ދިނުން. އަޅުގަނޑުމެންނަށްވުރެ މޮޅު ޓީމުތަކާ އެއްކޮށް ގިނައިން ކުޅުން. އެއީ ކަންނޭނގެ އެންމެ ބޮޑަށް މި އެކްސްޗޭންޖް ޕްރޮގްރާމު އަޅުގަނޑުމެން ކުރިއަށް ގެންދިއުން. އެހެން ގައުމުތަކުގެ ޓީމުތަކާ ކުޅެ، އަދި އަޅުގަނޑުމެންގެ ދުރުވިސްނުމަކީ އަޅުގަނޑުމެންގެ ޕްލެޔަރުން އެހެން ގައުމުތަކަށް ފޮނުވައިގެން ތަމްރީނުކުރުން. އެއީ ހަމަ ހުރިހާ ކުޅިވަރުތަކަކަށްވެސް އަޅުގަނޑުމެން އުންމީދުކުރާ އެއްކަމަކީ." ވަޒީރު ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން، ކުޅިވަރުގެ ދާއިރާއިން ޤައުމަށް ރީތިނަން ހޯދައިދީ، ގިނަގުނަ ކާމިޔާބީތަކެއް ހޯދުމަކީ ސަރުކާރުގެ އުންމީދުކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.