ކުޅިވަރު

އޮލިމްޕިކް ކޮމެޓީގެ ކުރިޔަށް އޮތް ދައުރުގެ އެސްޖީއަކަށް ތަމޫހު އައްޔަންކޮށްފި

އޮލިމްޕިކް ކޮމެޓީގެ ކުރިޔަށް އޮތް ދައުރުގެ އެސްޖީއަކަށް ތަމޫހު އައްޔަންކޮށްފި

އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު، ފޮޓޯ: އެމްއޯސީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

14 ޖުލައި 2025، 10:27

14 ޖުލައި 2025، 10:27

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ކުރިއަށް އޮތް ދައުރުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ތަމޫހު އަޙްމަދު ސަޢީދު އައްޔަންކޮށްފިއެވެ. މީގެ އިތުރުން، އަލަށް އިންތިޚާބުކުރި އެމްއޯސީގެ ހިންގާ ކޮމިޓީގެ ފުރަތަމަ ރަސްމީ ބައްދަލުވުމުގައި ފައިނޭންޝިއަލް ޑިރެކްޓަރގެ މަޤާމަށް އައްޔަނުކުރީ އަޙްމަދު އަޒޫރުއެވެ. މި ދެ ބޭފުޅުންނަކީ މިހާރު ވެސް އެ މަޤާމުތަކުގައި ތިއްބެވި ދެ ބޭފުޅުންނެވެ.

އެމްއޯސީއިން ރޭ ބޭއްވި ބައްދަލުވުމަކީ އައު ހިންގާ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ތަމޫހު އަދި ފައިނޭންޝިއަލް ޑިރެކްޓަރގެ މަޤާމަށް އަޒޫރު އައްޔަންކުރީ ކޮމެޓީގެ އިއްތިފާގުންނެވެ.

އެމްއޯސީއިން ހާމަކޮށްފައިވާ ގޮތުގައި، މި މަޤާމުތަކަށް ތަމޫހު އާއި އަޒޫރު އައްޔަންކުރަން ނިންމީ އެ ދެ ބޭފުޅުންގެ ލީޑަޝިޕަށް ކުރައްވާ އިތުބާރާއި އެމްއޯސީގެ މަޤުސަދުތައް ކުރިއެރުވުމަށް ފާއިތުވެދިޔަ ތަނުގައި ދެ ބޭފުޅުންވެސް ކުރައްވާފައި މަސައްކަތަށް ބެލުމަށްފަހުގައި ކަމަށެވެ.

02 ޖޫންގައި ބޭއްވި އެމްއޯސީގެ އިންތިޚާބުގައި އެމްއޯސީގެ ރައީސްކަމަށް މުޙައްމަދު އަބުދުއްސައްތާރު (ޗަންޕީ) ހޮވުނުއިރު، ނައިބު ރައީސްކަމަށް ހޮވުނީ ޗެސް އެސޯސިއޭޝަންގެ އަޙުމަދު މުންތަގިމް (މުންތޭ) އާއި ހޭންޑްބޯލް މޯލްޑިވްސްގެ އަޙްމަދު އިސްމާއިލްއެވެ. އަލަށް އިންތިޚާބުކުރި ކޮމެޓީގެ މުއްދަތަކީ 2025-2029 އަށެވެ.

އެންމެ ފުރަތަމަ އެމްއޯސީގެ އެސްޖީގެ މަގާމަށް ތަމޫހު އައްޔަންކުރީ 12 ޖުލައި 2021 ގައެވެ. އެ މަޤާމަށް އައްޔަނުކުރެއްވުމުގެ ކުރިން ވެސް ތަމޫހު މަސައްކަތްކުރެއްވީ އެމްއޯސީގައެވެ. ތަމޫހު ވަނީ ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތަކުގައި ރާއްޖެއިން ބައިވެރިވާ ޑެލިގޭޝަންގެ ކަންކަން އިންތިޒާމު ކުރުމުގައި އިސްދައުރެއް އަދާކުރައްވާފައެވެ.

މީގެ ކުރިން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ޖެނެރަލް ސެކެއްޓްރީގެ މަގާމުވެސް އަދާކުރެއްވި ތަމޫހު ވަނީ ނިމިގެން ދިޔަ ދައުރުގައިވެސް އެމްއޯސީއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS