Ads by Stelco

ޚަބަރު

ކޮންމެ 30 މިނެޓަކުން ދެވޭ ހިސާބެއްގައި އެއާޕޯޓެއް ހުރުމަކީ އަމާޒު: ރައީސް

ކޮންމެ 30 މިނެޓަކުން ދެވޭ ހިސާބެއްގައި އެއާޕޯޓެއް ހުރުމަކީ އަމާޒު: ރައީސް

"ރައްޔިތުންނާއި އެކު" ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަދައްކަވަނީ

farudhun logo

ފަރުދުން

15 ޖުލައި 2025، 02:41

15 ޖުލައި 2025، 02:41

ރާއްޖޭގެ އެކި ރަށްރަށުން ދަތުރުކުރާއިރު ދަތުރުކުރާ ރަށާއި 30 މިނެޓް ކައިރީގައި އެއާޕޯޓެއް ހުުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. 

ރިޔާސީ މެނިފެސްޓޯއަށް އިޝާރާތްކުރައްވަމުން ރައީސް މިގޮތަަށް ވިދާޅުވީ މިއަދު މެންދުރު ކުރިއަށްގެންދެވި "ރައްޔިތުންނާ އެކު" ސިލްސިލާގެ 8 ވަނަ ޕޮޑްކާސްޓްގައެވެ. 

މި ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެއަރޕޯޓަކީ ހުރިހާ ރައްޔިތުންގެ ކުރިއެރުމާއި، ލާބަޔާއި މަންފާއާ ގުޅިފައި އޮތް ތަނެއް ކަމަށެވެ.

ހަމަ މިފަދައިން ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު އޮޕަރޭޓްކުރަމުންދާ ސަރަޙައްދީ އެއަރޕޯޓްތަކާއި، ތަރައްޤީ ކުރެވެމުންދާ އެއަރޕޯޓްތަކުގެ މަޝްރޫޢުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ހުުއްޓުމެއްނެތި މިއަހަރާއި އަންނަ އަހަރުގައި ސަރުކާރުން ކުރަމުންގެންދާނެ ކަމަށެވެ. އެގޮތުން މިއަހަރު ބައެއް އެއާޕޯޓްތައް އެޅުމަށް ބޭނުންވާ މަސައްކަތް ފެށިގެންދާއިރު އަންނަ އަހަރު އަޅަން ހަމަޖެހިފައިވާ ބައެއް އެއާޕޯޓްތަކަށް ބިން ހިއްކުމުގެ ތައްޔާރީތައް ވަމުންގެންދާނެ ކަމަށް ވިދާޅުވިއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS