Ads by Stelco

ޚަބަރު

ލޫޠުގެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ލޫޠުގެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ލޫޠު ބިން އަޙްމަދު

farudhun logo

ފަރުދުން

15 ޖުލައި 2025، 05:21

15 ޖުލައި 2025، 05:21

އދ. މާމިގިލިން މޫދަށް ގޮސް އުޅެނިކޮށް ނިޔާވި ލޫޠު ބިން އަޙްމަދުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ. 

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ މޫދަށް ގޮސް އުޅެނިކޮށް އުމުރުން 15 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވުމަކީ، ހިތާމަވެރި، ނުތަނަވަސް އިޙްސާސްތަކެއް ކުރުވި ހިތްދަތި ޚަބަރެއް ކަމަށް ރައީސް ވިދާޅުވެފައެވެ. އދ. މާމިގިލީގައި ރޭ ހިނގި މި ހިތާމަވެރި ހާދިސާގައި ނިޔާވި ލޫޠަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރު ކުރެއްވުމަށް ރައީސް ވަނީ ދުޢާ ކުރައްވާފައެވެ. އަދި އެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށްވެސް ދުޢާ ކުރައްވާފައި ވެއެވެ. 

އދ. މާމިގިލީގައި ފީނަން ގޮސް އުޅުނު ލޫޠު ގެއްލިގެން ހޯދަމުން ދަނިކޮށް އެ ރަށުގެ ބޭރު މޫދުން އެ ކުއްޖާ ނިޔާވެފައި އޮއްވާ ފެނުނީ އިއްޔެގެ ވަގުތެއްގައެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި މި ކުއްޖާ ފީނަން ދިޔައީ އިތުރު ތިން ކުއްޖަކާއެކު އިއްޔެގެ މެންދުރުގެ ވަގުތެއްގައެވެ. އަދި އެކުއްޖާ ގެއްލިގެން ހޯދަމުންދާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 7:00 ހާއިރެވެ.

ރެސްކިއު އޮޕަރޭޝަނާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ، އެ ކުއްޖާ ނަގައިގެން އެ ރަށުގެ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ. ހެލްތު ސެންޓަރުން ޑޮކްޓަރު ބެލުމަށްފަހު، އެ ކުއްޖާ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށް ބުނެފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS