ކޮލަމް

ތަލަވުން ކޮންޓްރޯލް ކުރުމަށް ޗިއާ ސީޑް ބޭނުންކުރާނީ ކިހިނެއް؟

ތަލަވުން ކޮންޓްރޯލް ކުރުމަށް ޗިއާ ސީޑް ބޭނުންކުރާނީ ކިހިނެއް؟

ޗިއާ ސީޑްސް

farudhun logo

ފަރުދުން

16 ޖުލައި 2025، 10:25

16 ޖުލައި 2025، 10:25

ބޮލުން އިސްތަށި ފޭބުމަކީ މިއީ ދެ ޖިންސުގެ އެކި އުމުރުފުރާތަކުގެ މީހުން ތަހައްމަލުކުރާ ހިތާމަވެރި މައްސަލައެކެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް އެކި މީހުން އެކިއަގުއަގުގެ ފަރުވާތައް ހޯދައެވެ. އެހެނަސް އަވަށްޓެރި އިންޑިޔާގެ ޤަދީމީ ބޭސްވެރިން ޤަބޫލުކުރާ ގޮތުގައި ކެމިކަލްތައް ބޭނުންކުރުމުގެ ކުރިން ގޭތެރޭގައި ބޭނުންކުރާ 'އަޔުރްވެދިކް' ސާމާނުން ޒީނަތްތެރިވެވޭނެ ތެރަޕީތައް ބޭނުންކުރުން މާ ފައްކަލެވެ. މި ލިޔުމުގައި މި ބަލާލަނީ މިހާރު ދިވެހިން ތެރޭގައި ކެއިންބުއިމަށް ބޭނުންކުރާ ވަރަށް ޢާންމު  އެއްޗަކުން އިސްތަށިގަނޑަށް ފައިދާކުރުުވާނެ ގޮތުގެ މައްޗަށެވެ. އެއީ ޗިއާ ސީޑެވެ. ޞިއްޙީ އަދި ރީތިވުމުގެ މަޤްޞަދުގައި ޗިއާ ސީޑް ގިނައިން މި  ބޭނުންކުރަނީ ފެންތަށްޓަކަށް ނުވަތަ ޔޯގަޓަށް އަޅާ ކެއުމެއްގެ ގޮތުގައެވެ. އެކަމަކު ޗިއާ ސީޑާއި ހަނޑޫ ފެނުން ހެއާ މާސްކެއް ތައްޔާރުކުރެވޭނެކަން އެނގެނީ ކިތައް މީހުންނަށްބާއެވެ؟ އަޖުމަ ބަލާލަމާ ހެއްޔެވެ. 

ކީއްވެ ޗިއާ ސީޑާއި ހަނޑޫ ފެން؟ 

އެވޭލާ ޗައިނާ މީހުން ހަނޑޫ ފެނުން ބޯ ދޮންނަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެމީހުންގެ ކަކުލަށްވުރެ ތިރިއަށް އަރާ އިސްތަށިގަނޑަކީ މި ސުވާލުގެ ޖަވާބެއްކަން ގައިމެވެ. ހަނޑޫ ފެނަކީ ބޮލުގެ ހަންގަނޑާއި ގުޅޭ ޓޮނިކެކެވެ. ހަނޑޫ ފެނަކީ އިސްތަށިގަނޑަށް ބޭނުންވާ މުހިންމު ކާނާއެއް ކަމުގައިވާ އެމިނޯ އެސިޑާއި ވިޓަމިން ބީ އަދި އިނޯސިޓޮލް ނަމަކަށް ކިޔާ މާއްދާއެއް ހިމެނޭ އެއްޗެކެވެ. މި ޕްރޮޓީންތަކުން އިސްތަށިގަނޑު ވަރުގަދަކޮށްދެއެވެ. 

ޗިއާ ސީޑް ކިތަންމެ ކުދި އެއްޗަކަށްވިޔަސް އޭގައި ހިމެނޭ ޕްރޮޓީނާއި އޮމެގާ-3، ޒިންކާއި ބަޔޮޓިންއަކީ ސެލޫންތަކުގައި ހެއާ ޓްރީޓްމެންޓް ދިނުމަށް ބޭނުންކުރާ މާއްދާތަކެވެ. ޗިއާ ސީޑް ފެނުލުމުން އުފެދޭ އޮލަ ޖެލްއަކީ ހަންގަނޑަށް ތެތްކަން ގެނެސްދޭ އެއްޗެކެވެ. 

ހެއާ މާސްކް ހަދާނެ ގޮތް

1/2 ޖޯޑު ހަނޑޫ 

1-2 މޭޒުމަތީ ސަަމްސާ ޗިއާ ސީޑް

2 ޖޯޑު ފެން 

ރޯޒްމޭރީ ތެޔޮ

މި ހުރިހާ ތަކެތިި 20-30  މިނެޓް ވަންދެން ފެނުލާާށެވެ. ދެން މިތަކެތި ފުރޭނިއަކުން ފުރާނާލާށެވެ. މި ފެން މަތިޖަހާލެވޭ އެއްޗަކަށް އެޅުމަށްފަހު އައިސް އަލަމާރީގައި ބެހެއްޓިދާނެއެވެ. މިގޮތަށް މި ފެން 1 ހަފްތާ ވަންދެން ބޭނުންކުރެވިދާނެއެވެ. އިސްތަށިގަނޑު ތެންމާލާފައި މި ފެނުން ބޯ މަސާޖްކޮށްލާށެވެ. 30 މިނެޓް ފަހުން ބޯ ރަނގަޅަށް ދޮވެލާށެވެ. 2-3 ހަފްތާ ވަންދެން މި ފެން ބޭނުންކުރުމުން އެދެވޭ ނަތީޖާއެއް ފެންނާނެއެވެ. 

މި ފެނުގެ އަސަރު ބަރާބަރު 1 ހަފްތާ ތެރޭގައި ނުފެނުނަސް 2 މަސް ތެރޭގައި އިސްތަށިގަނޑަށް ބަދަލުތަކެއް އަންނާނެ ކަމަށް ޒީނަތްތެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS