Ads by Stelco

ޚަބަރު

ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްއާއި ސަލާމް ބައްލަވަނީ

farudhun logo

ފަރުދުން

19 ޖުލައި 2025، 11:12

19 ޖުލައި 2025، 11:12

އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަނބުރާ މާލެ ވަޑައިގެންފިއެވެ. 

ރައީސް އޮފީހުން ބުނީ ރައީސް މާލެ ވަޑައިގަތީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި އެމަނިކުފާނު ރާއްޖެ ވަޑަައިގަތީ އިނގިރޭސި ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. 

ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ އަންގާރަ ދުވަހުގައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިނގިރޭސި ރަސްގެފާނު ޗާލްސް ތިން ވަނަ އާއި ވެސް ބައްދަލުކުރައްވާފައެވެ. 

އިނގިރޭސި ވިލާތުގެ އިސް ބޭފުޅުންނާއި އެކު ބޭއްވެވި މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ދުވަސްވީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމަކީ ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރުމުގެ ކުރިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމްކުރެވުނު ފަހުން ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި އެކި ދާއިރާތަކުން ގުޅުން ބަދަހިވެ، އެއްބާރުލުން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މި ބައްދަލުވުންތަކަކީ މި ގުޅުން އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ބައްދަލުވުމެއް ކަމުގައި ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS