Ads by Exprox

ޚަބަރު

ދުބާއީގެ އިސްލާމީ ޖަމްޢިއްޔާއިން 10،000 ޤުރުއާން އިނގިރޭސި ތަރުޖަމާ ހަދިޔާ ކުރަނީ

ދުބާއީގެ އިސްލާމީ ޖަމްޢިއްޔާއިން 10،000 ޤުރުއާން އިނގިރޭސި ތަރުޖަމާ ހަދިޔާ ކުރަނީ

ކީރިތި ޤުރުއާން ފޮޓޯ: އިންޓަރނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 އޮކްޓޯބަރު 2024، 12:36

19 އޮކްޓޯބަރު 2024، 12:36

ދުބާއީގެ އިސްލާމީ ޖަމްޢިއްޔާއިން ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާބެހޭ  މަރުކަޒަށް 10،000 ޤުރުއާނުގެ އިނގިރޭސި ތަރުޖަމާ ހަދިޔާކުރުމަށް ނިންމައިފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

 މި ތަރުޖަމާތައް ބޭނުންވާ ފަރާތްތަކަށް ޖަމްޢިއްޔާތައް މެދުވެރިކޮށް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ. މިއީ އިސްލާމްދީން ފެތުރުމަށާއި، ޤުރުއާނުގެ މާތް މެސެޖު ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ މަރުކަޒުން ބޭރުގެ އެކި ޖަމްޢިއްޔާތަކާއި އިދާރާތަކާއެކު ބަދަހި ގުޅުންތަކެއް ޤާއިމުކޮށް، ތަފާތު ފުރުޞަތުތައް ހޯދަމުންދާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި އިމާމުންގެ ތަމްރީނު ޕްރޮގްރާމްތަކާއި، ޢަރަބި ބަސް އުނގެނުމުގެ ފުރުޞަތުތަކާއި، އުމްރާ ދަތުރުތައް ފަދަ ފުރުޞަތުތައް ހިމެނެއެވެ.

ޑރ. ޝަހީމް ވިދާޅުވި ގޮތުގައި، މި ފަދަ މަސައްކަތްތަކަކީ އިސްލާމީ ކަންތައްތަކާބެހޭ އުއްތަމަ މަރުކަޒުން އިސްކަންދީގެން ކުރިއަށް ގެންދާ ކަންތައްތަކެވެ. އަދި މުސްތަޤުބަލުގައި ވެސް މިފަދަ ފުރުޞަތުތައް އިތުރަށް ފަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ހަދިޔާއަކީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ތަޢުލީމު ފެތުރުމަށާއި، ޤުރުއާނުގެ މާތް މެސެޖު ފަހުމުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ދެކެއެވެ. އަދި މިފަދަ އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށްޓަކައި ދުބާއީގެ އިސްލާމީ ޖަމްޢިއްޔާއަށް ޝުކުރު އަދާކުރަމުންދާކަން ވެސް ފާހަގަކުރެވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco