ދުނިޔެ

މިއަދު ހެނދުނު ޣައްޒާއަށް ދިން ހަމަލާތަކުގައިވެސް 20 މީހަކު ޝަހީދުކޮށްލައިފި!

މިއަދު ހެނދުނު ޣައްޒާއަށް ދިން ހަމަލާތަކުގައިވެސް 20 މީހަކު ޝަހީދުކޮށްލައިފި!

ފަލަސްޠީނުގެ ރައްޔިތުން ތަކެއް. ފޮޓޯ:އަލްޖަޒީރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޯގަސްޓު 2024، 02:43

27 އޯގަސްޓު 2024، 02:43

މިއަދު ހެނދުނުއްސުރެ އިޒްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް މިއަދުވެސް 20 މީހަކު ޝަހީދުކޮށްލައިފިއެވެ.

އަލްޖަޒީރާއިން ބުނެފައިވަނީ އިޒްރާއިލުގެ ހަމަލާތައް މިއަދު ބޮޑަށް އަމާޒުކޮށްފައިވަނީ ޚާން ޔޫނިސް އާއި ދެއިރް އަލް ބަލްޙްގެ ހިސާބުތަކަށް ކަމަށެވެ.

ބެއިތް ލާހިއާ ގައި ހުންނަ ކަމަލް އަދްވަން ހޮސްޕިޓަލްގެ ޑިރެކްޓަރ ވިދާޅުވެފައިވަނީ އިޒްރާއިލުގެ ސިފައިން އެހޮސްޕިޓަލަށް ފޯރިކޮށްދިނުމަށް މަސައްކަތް ކުރަމުންދާ މެޑިކަލް ސާމާނާއިި ތެޔޮ ފޯރުކޮށްދިނުމަށް ހުރަސް އަޅަމުންދާ ކަމަށެވެ. އަދި އިޒްރާއިލްގެ ސިފައިން ދަނީ ކަމަލް އަދްވަން ހޮސްޕިޓަލް މުޅިން ހަލާކުކޮށްލުމަށް މަސައްކަތް ކުރަމުންކަމަށްވެސް އެހޮސްޕިޓަލްގެ ޑިރެކްޓަރ ވަނީ ވިދާޅުވެފައެވެ.

އަލްޖަޒީރާގައި ހާމަކޮށްފައިވާ ފަލަސްޠީނުގެ އެންމެ ފަހުގެ އަދާހަމަތަކުން ބުނާގޮތުން އިޒްރާއިލްގެ ސިފައިން މިއަދު ފަލަސްޠީނުގެ ރައްޔިތުންގެ ގެތަކަށް ބޮމުގެ ހަމަލާތައް ދެމުންދަނީ އިންޒާރުދިނުމެއް ވެސް ނެތިކަމަށެވެ.

އިންޒާރެއް ދެމުންނެތި ދެމުންދާ މިހަމަލާ ތަކުގެ ސަބަބުން އެއްއާއިލާއެއްގެ އެންމެން އެއްފަހަރާ ޝަހީދުވެފައިވެއެވެ. މިކަން ހިނގައިފައިވަނީ މަޤާޒީ ނަމަކަށް ކިޔާ ސަރަހައްދުގައަވެ.

މަޤާޒީގެ އިތުރުން ޚާން ޔޫނިސް އާއި ޣައްޒާގެ ޔަރްމޫކް ގެ ގެތަކަށްވެސް އިޒްރާއިލް ސިފައިން ދަނީ އިންޒާރެއް ނެތި ހަމަލާތައް ދެމުން ކަމަށް އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވެއެވެ.

މީގެއިތުރުން މިހަމަލާތަކުގައި ގިނަބަޔަކު ޒަޚަމްވެފައިވާއިރު ގިނަ ބަޔަކު ތިބީ ހަލާކުވެފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައެވެ.

2023 އޮކްޓޫބަރު 7ގައި އިޒްރާއިލުން ފަލަސްޠީނަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން 40.476 މީހަކު ޝަހީދުވެފައިވެއެވެ. އަދި 93.647 މީހަކު ވަނީ ޒަޚަމްވެފައެވެ.

 

މި ލިޔުން ކިޔާލުމުން