Ads by Stelco

ޚަބަރު

ވިޔަފާރިތަކަށް ދިމާވާ ޑޮލަރުގެ މައްސަލަ ހައްލުކުުރުމަށް ބޭންކުތަކުން ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ އިންސައްތަ ބޮޑުކުރަނީ

ވިޔަފާރިތަކަށް ދިމާވާ ޑޮލަރުގެ މައްސަލަ ހައްލުކުުރުމަށް ބޭންކުތަކުން ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ އިންސައްތަ ބޮޑުކުރަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ. ފޮޓޯ:އަވަސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ޖުލައި 2025، 11:35

22 ޖުލައި 2025، 11:35

 އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތައް ހިމެނޭ ގޮތަށް ވިޔަފާރި ބޭނުންތަކަށް ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ ޔޫއެސް ޑޮލަރުގެ އިންސައްތަ 10 ޕަސެންޓް އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ނިންމައިފައިފިއެވެ.

މި ހަފްތާއިން ފެށިގެން ޢަމަލުކުރަން ފަށާ މި ބަދަލާއެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭންކުތަކުން މިހާރު ވިއްކާ އަދަދު 40 ޕަސެންޓަށް އިތުރުވެގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މިއީ ވިޔަފާރިތަކަށް ލިބޭނެ ބޮޑު ލުޔެއް ކަމަށް ބެލެވެއެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި، މި އަހަރުގެ ޖޫން މަހުން ފެށިގެން ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާގެ ނިސްބަތް ވަނީ 60 ޕަސެންޓުން 90 ޕަސެންޓަށް މަތިކޮށްފައެވެ. އަދި ބޭންކުތަކުން އިތުރަށް މާރުކުރާ 30 ޕަސެންޓް އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ވިއްކަމުންދާ ކަމަށް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.

މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ ކޮންމެ ހަފްތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ ހަރުދަނާ އަދި އިންސާފުވެރި ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުމެވެ.

އެމްއެމްއޭއިން ބޭންކުތަކަށް އަނބުރާ ދޭ 30 ޕަސެންޓް ބޭނުންކުރެވެނީ އާންމުންގެ ޒަރޫރީ ބޭނުންތަކަށާއި، ކާބޯތަކެތި އެތެރެކުރުން ފަދަ މުހިންމު ކަންކަމަށެވެ. މީގެ ތެރެއިން ބޮޑު ބައެއް ޚާއްޞަކުރެވިފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ފޮރިން އެކްސްޗޭންޖް ޤާނޫނަށް ގެނެވުނު އިޞްލާޙާ ގުޅިގެން، މިހާރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ވިއްކާ ޑޮލަރުގެ އިންސައްތަ އުޅެނީ 30 ޕަސެންޓުގައި ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ނަމަވެސް މަރުކަޒީ ބޭންކުގެ އަމާޒަކީ މި އަދަދު 50 ޕަސެންޓަށް އިތުރުކުރުމެވެ.

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS