Ads by Stelco

ޚަބަރު

ދައުލަތުގެ އިދާރާތަކުން މެދުރާސްތާގައި ލަފާކުރާ ބަޖެޓު ހުށަހަޅަން ހުޅުވާލައިފި

ދައުލަތުގެ އިދާރާތަކުން މެދުރާސްތާގައި ލަފާކުރާ ބަޖެޓު ހުށަހަޅަން ހުޅުވާލައިފި

މާލީ ވުޒާރާ. ފޮޓޯ: އަވަސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 ޖުލައި 2025، 05:30

30 ޖުލައި 2025، 05:30

ދައުލަތުގެ އިދާރާތަކުން 2026 އިން 2028 އަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓު ތައްޔާރުކޮށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއަށް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

 މިގޮތުން އިދާރާތަކުން ބަޖެޓު ހުށަހަޅަންޖެހޭނީ އަންނަ މަހުގެ 28 ގެ ކުރިންނެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ސޮއިކުރައްވައި ނެރުއްވާފައިވާ ސަރކިއުލާތަކުގައި ވަނީ ބޭސްލައިން ބަޖެޓާއި، އައު މަޝްރޫޢުތަކުގެ ބަޖެޓުގެ އިތުރުން ކައުންސިލްތަކަށް ލަފާކުރެވޭ ބަޖެޓު ހުށަހެޅުމަށް ހުޅުވާލާފައެވެ. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 4 ވަނަ ބާބުގެ ދަށުން، މާލީ ވުޒާރާއިން ދައުލަތުގެ އަހަރީ ބަޖެޓު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ 2 މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ.

އައު މަޝްރޫޢުތަކުގެ ބަޖެޓު ހުށަހަޅާއިރު، އެ މަޝްރޫޢުތަކަކީ އިޤްތިޞާދީގޮތުން ނުވަތަ އިޖްތިމާޢީ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ކުރާނެ ނަފާ ހިމަނަންޖެހޭނެ ކަމަށް ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ކުރެވިދާނެ ކަންކަންވެސް ހުށަހެޅުމަށް އަންގާފައިވެއެވެ.

ކައުންސިލްތަކުން މެދުރާސްތާގެ ބަޖެޓު ތައްޔާރުކޮށް ހުށަހެޅުމަށްވެސް މާލީ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. މިގޮތުން ކައުންސިލްތަކުން ބަޖެޓު ތަފްސީލުތައް ސެޕްޓެމްބަރު 18 ގެ ކުރިން ހިއްސާކުރަންޖެހޭނެއެވެ. މީގެ ތެރޭގައި ދައުލަތުގެ ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީއާއި، ކޮންޑިޝަނަލް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީ، ޓްރަސްޓް ފަންޑް އަދި ކައުންސިލްތަކަށް ލިބޭ އިތުރު އާމްދަނީގެ ތަފްސީލުތައް ހިމެނެއެވެ.

މާލީ ވުޒާރާއިން މިހާރު ވަނީ ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ބަޖެޓު އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގެ ތެރެއިން އެކި އިދާރާތަކުން 2026 އިން 2028 އަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓު ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

މާލީ ވުޒާރާއިން މިހާރު ބަޖެޓުގެ މަސައްކަތް ކުރުމަށް އެކުލާވާލާފައިވާ ޓައިމްލައިންގައި ވާ ގޮތުން ޖުމްލަ ބަޖެޓަށް ރުހުން ހޯދުމަށް ވަޒީރުންގެ މަޖީލީހަށް 19 އޮކްޓޯބަރ 23 އޮކްޓޯބަރ ދެމެދު ހުށަހަޅާނެއެވެ. އަދި ބަޖެޓު އޮކްޓޯބަރ 30 ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވަނީ ނިންމާފައެވެ

 

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން