ކުޅިވަރު

ރީޖަނަލް އެސޯސިއޭޝަންތަކުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް އެމްއޯސީއިން ތައްޔާރު ވަނީ

ރީޖަނަލް އެސޯސިއޭޝަންތަކުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް އެމްއޯސީއިން ތައްޔާރު ވަނީ

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަޙްމަދު ސައީދު، ފޮޓޯ: އެމްއޯސީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

31 ޖުލައި 2025، 08:41

31 ޖުލައި 2025، 08:41

ކުޅިވަރުގެ ޤާނޫނަށް ގެނަސްފައިވާ އިސްލާޙާ ގުޅިގެން ރީޖަނަލް އެސޯސިއޭޝަންތައް އުފެދިގެން އަންނައިރު، އެ ތަންތަނުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން، އެ ތަންތަނުގައި މަސައްކަތްކުރާ އެޑްމިނިސްޓްރޭޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަޙްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ތަމޫހު ވިދާޅުވީ، ކުޅިވަރު ޤާނޫނަށް ގެނައި ބަދަލާއެކު ރާއްޖޭގެ ކުޅިވަރުގެ މުޅި ނިޒާމަށް ބަދަލުތަކެއް އަންނާނެކަމަށާއި، މި ފެށުން ރަނގަޅު ކުރުމަށް އެމްއޯސީ އާއި ކުޅިވަރު ވުޒާރާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

އަދި ކުޅިވަރުގެ ޤާނޫނަށް އިސްލާޙުތައް ގެނައުމުގައި ކުޅިވަރުގެ ވުޒާރާއިން އެމްއޯސީއާ ގުޅިގެން މަސައްކަތްކޮށްފައި ވާތީ، އެ ނިޒާމު އެކަށައެޅުމުގައި ވަޒީރުގެ ވިސްނުންފުޅު ވަރަށް ރަގަޅަށް އޮޅުންފިލާފައިވާކަމަށާއި، އެހެންކަމުން ވަޒީރުގެ ވިސްނުންފުޅާ އެއްގޮތަށް އެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި އެއްބާރުލުން ދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ކުޅިވަރުގެ ކަންކަން ރަގަޅު ކުރުމުގެ ގޮތުން، ދާދި ފަހުން ވަނީ ކުޅިވަރުގެ ކާމިޔާބީތައް އަރުޝީފުކުރުމުގެ މަސައްކަތް ވެސް ކުޅިވަރުގެ ވުޒާރާއިން ފަށާފައެވެ. އެހެންކަމުން ކުޅިވަރުގެ ވަޒީރު ޢަބްދުالله ރާފިޢުގެ މި މަސައްކަތަށް ތަމޫހު ވަނީ މަރުޙަބާ ދަންނަވާފައެވެ. އަދި މިކަމުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކަންކަން މަގުފަހި ކުރުމަށް އެކި ދުވަސްވަރުގެ ކާމިޔާބީތަކުގެ މައުލޫމާތު އެނގޭނެ ކަމަށާއި، އެއީ ކުޅިވަރު ކުރިއެރުވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށް ތަމޫހު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS