Ads by Exprox

ޚަބަރު

ގއ. ވިލިނގިލީ އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝް ކާޑުން ފައިސާ ނެގި ދެ ފިރިހެނަކު ހައްޔަރުކޮށްފި

ގއ. ވިލިނގިލީ އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝް ކާޑުން ފައިސާ ނެގި ދެ ފިރިހެނަކު ހައްޔަރުކޮށްފި

ގއ. ވިލިނގިލި / ލައިފް، މުޙައްމަދު ޝައިން ޝަމީޒް (22 އަހަރު) އަދި ލ. ގަން، ތުނޑި / ނޯތު ހެވަން، ޙަމްދޫން ޚަލީލް (24 އަހަރު) ފޮޓޯ:ޕޮލިސް މީޑިއާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 އޮކްޓޯބަރު 2024، 02:18

24 އޮކްޓޯބަރު 2024، 02:18

ހުލާސާ

ކާޑު ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މީހުން މާމެންދޫއިން ވިލިނގިއްޔަށް ދަނިކޮށް ކަނޑުމަތިން ހުއްޓުވައި އެ މީހުން ވަނީ ހައްޔަރުކޮށްފަ

ގއ. ވިލިނގިލީ އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝް ކާޑުން ފައިސާ ނަގައިގެން ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އޮކްޓޯބަރ 23 ވަނަ ދުވަހުގެ ރޭ 8:13 ހާއިރުއެވެ.

ފުލުހުންގެ މީޑިއާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ކާޑު ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މީހުން މާމެންދޫއިން ވިލިނގިއްޔަށް ދަނިކޮށް ކަނޑުމަތިން ހުއްޓުވައި އެ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުން ހައްޔަރުކޮށް އެ މީހުން ދަތުރުކުރި ލޯންޗު ބަލައިފާސްކުރި އިރު އެ ކޭޝް ކާޑު ބޭނުން ކޮށްގެން އެ މީހުން ވަގަށް ނެގިކަމަށް ބެލެވޭ 25,000 ރުފިޔާގެ ތެރެއިން 23,000 ރުފިޔާ ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި / ލައިފް، މުޙައްމަދު ޝައިން ޝަމީޒް (22 އަހަރު) އަދި ލ. ގަން، ތުނޑި / ނޯތު ހެވަން، ޙަމްދޫން ޚަލީލް (24 އަހަރު) އެވެ.

ފުލުހުންގެ މީޑިއާއިން ބުނެފައިވާ ގޮތުގައި މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco