ކުޅިވަރު
ޤައުމީ އެތުލެޓިކްސް މުބާރާތް: އެންމެ މޮޅު އެތުލީޓުންނަށް ޝައްމޫން އާއި ޝައިމް

އެންމެ މޮޅު އެތލީޓުންގެ މަޤާމަށް ހޮވުނު އެތުލީޓުން---

ފަރުދުން
17 އޯގަސްޓު 2025، 10:00
17 އޯގަސްޓު 2025، 10:00
ކުޅިވަރު އެކުވެނީ ސިންތެޓިކް ޓްރެކުގައި ކުރިޔަށްދިޔަ 34 ވަނަ ޤައުމީ އެތުލެޓިކްސް މުބާރާތުގެ މޮޅު އެތުލީޓުންގެ މަޤާމު، ދިވެހި ސިފައިންގެ ކްލަބްގެ ހަސަން ޝައްމޫން އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ އައިޝަތު ޝައިމް އަޒީޒް ހޯދައިފިއެވެ.
މި ފަހަރުގެ މުބާރާތުގައި ތިން ރަން މެޑަލް ހޯދުމުގެ އިތުރުން، ޝައިމް ވަނީ ޤައުމީ ރެކޯޑަކާއި މީޓް ރެކޯޑެއް ހަދާފައެވެ. އައްޑޫއަށް އުފަން ޝައިމް ރަން މެޑަލް ހޯދީ އަންހެނުންގެ ޖެވަލިން އުކުމާއި ހައި ޖަމްޕް އަދި ލޯންގް ޖަމްޕް އިވެންޓުންނެވެ.
ޖުވެނައިލް އުކުމުން ޝައިމް ރަން މެޑަލް ހޯދީ، 27.12 މީޓަރު ދުރަށް އެއްލައިގެނެވެ. އަދި ހައި ޖަމްޕް އިވެންޓުން އޭނާ ރަން މެޑަލް ހޯދީ 1.48 މީޓަރު މަތިން ފުންމައިގެން މީޓު ރެކޯޑަކާ އެކުއެވެ. ހައި ޖަމްޕްގެ ޤައުމީ ރެކޯޑު ވެސް އޮންނަނީ އޭނާގެ އަތުގައެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ، 1.41 މީޓަރު މަތިން ފުންމި ވިކްޓަރީގެ މަރިޔަމް ޝިފްޒާ އަތުގައެވެ. ޝައިމް، ޤައުމީ ރެކޯޑް ހަދާފައި އޮތީ، 1.50 މީޓަރު މަތިން ފުންމައިގެންނެވެ.
މި ފަހަރުގެ އިވެންޓްގައި، ޝައިމް ވަނީ 5.24 މީޓަރު ދުރަށް ފުންމައިފައެވެ. މިދިޔަ އަހަރުގެ ޤައުމީ މުބާރާތުގައި ލޯންގް ޖަމްޕުން ޤައުމީ ރެކޯޑް ހެދިއިރު، ޝައިމް ފުންމީ 5.20 މީޓަރު ދުރަށެވެ.
މި އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނު ޝައްމޫން މި ވަނީ ޤައުމީ މުބާރާތުގެ މޮޅު އެތުލީޓުގެ މަގާމު ވެސް ހޯދައިފައެވެ. އޭނާ ވަނީ މީގެ ކުރިން، 2016 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ ވެސް މޮޅު އެތުލީޓުގެ މަޤާމު ހޯދައިފައެވެ.
ޝައްމޫން ވަނީ، ޑިސްކަސް އުކުމުން ރަން މެޑަލް ހޯދުމުގެ އިތުރުން، ޝޮޓް ޕުޓް އުކުމުން ވެސް ރަން މެޑަލް ހޯދައިފައެވެ. ޝޮޓް ޕުޓް އުކުމުގެ ޤައުމީ ރެކޯޑް ހޯލްޑަރު، ޝައްމޫން މި ފަހަރުގެ އިވެންޓް ކާމިޔާބުކުރީ، 10.41 މީޓަރު ދުރަށް އެއްލައިގެންނެވެ. އަދި، ޑިސްކަސް އުކުމުން ޝައްމޫން ވަނީ، 29.04 މީޓަރު ދުރަށް އެއްލައިފަ އެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް ހޯލްޑަރަކީ ވެސް ޝައްމޫންއެވެ.
މިދިޔަ އަހަރު އޮތް މި މުބާރާތުގެ އެންމެ ލޮޚޫ ކުޅުންތެރިންގެ މަޤާމު ލިބުނީ، އެ މަޤާމު އަލަށް ލިބުނު އިބާދުﷲ އާދަމް އާއި ފަސޫހާ އަހުމަދު ހޯދައިފިއެވެ.