Ads by Stelco

ޚަބަރު

ބ. ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި ޑަޔަލިސިސް ޚިދުމަތް ފަށައިފި

ބ. ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި ޑަޔަލިސިސް ޚިދުމަތް ފަށައިފި

ބ. ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި ޑަޔަލިސިސް ޚިދުމަތް ރަސްމީކޮށް ފެށުން.

farudhun logo

ފަރުދުން

23 އޯގަސްޓު 2025، 02:30

23 އޯގަސްޓު 2025، 02:30

ބ. އަތޮޅު ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި ޑަޔަލިސިސްގެ ޚިދުމަތް ރަސްމީކޮށް އިއްޔެ ފަށައިފިއެވެ. މިޚިދުމަތް އިއްޔެ ރަސްމީކޮށް ފަށްޓަވައިދެއްވީ، ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މިޚިދުމަތަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް، ޑަޔަލިސިސްގެ ޚިދުމަތް ލިބިގަތުމަށް މާލެ އައުމަކީީ ދަތި އުނދަގޫ ކަމަށް ވުމާއެކު، އެކަމަށް ލުއިފަސޭހަ ގޮތެއް ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވާ ކަމެކެވެ.

ބ. އަތޮޅު ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށާފައި ވަނީ 2 އެނދުގެ ޔުނިޓަކާއެކުގައެވެ. މިއާއެކު، އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއް ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި މިހާރު ހުންނަވާނޭކަމަށް ސިއްޙީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ބ. ދަރަވަންދޫގައި ޑަޔަލިސިސްގެ ޚިދުމަތް އިއްޔެ ފަށާފައިވުމުން، 4 އަތޮޅެއް ފިޔަވައި ރާއްޖޭގެ އެހެނިހެން ހުރިހައި އަތޮޅެއްގައި އެޚިދުމަތް މިހާރު ލިބެމުން ދާނެއެވެ. އެ 4 އަތޮޅަކީ، ވ. އަތޮޅާއި، އ.ދ. އަތޮޅާއި، ފ. އަތޮޅާއި، ދ. އަތޮޅެވެ.

ޑަޔަލިސިސްގެ ޚިދުމަތަކީ ކިޑްނީ ބަލި ތަޙައްމަލުކުރަމުން ދާ ފަރާތްތަކުގެ ތެރެއިން، ވަކި ވަރަކަށް ވުރެ ކިޑްނީގެ މަސައްކަތް ދަށްވުމުން، ކޮންމެ ހަފްތާއަކު 2،3 ދުވަހު ހަށިގަނޑުގައި ހުންނަ ލެއި ސާފުކުރުމަށް ދެވޭ 4 ގަޑިއިރުގެ ފަރުވާއެކެވެ. މިޚިދުމަތް ދަރަވަންދޫގައި ދޭން ފެށުމާއެކު، މިކަމަށް ބޭނުން ޖެހިފައިވާ ގިނަ ފަރާތްތަކަކަށް ލުއިފަސޭހަވެގެން ދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން