ކޮލަމް

ސްވީޓް އާމަންޑްގެ ޞިއްޙީ ފައިދާތައް

ސްވީޓް އާމަންޑްގެ ޞިއްޙީ ފައިދާތައް

ސްވީޓް އާމަންޑް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޯގަސްޓު 2025، 08:45

23 އޯގަސްޓު 2025، 08:45

ހުލާސާ


ސްވީޓް އާމަންޑަކީ ގުދުރަތީގޮތުން ލިބެންހުރި އެންމެ ރަހަ ގަދަ އަދި ފައިދާ ހުރި ކާނާގެ ތެރެއިން އެއް ބާވަތެވެ. މީގައި ގިނަ މިންވަރަކަށް ވިޓަމިންތަކާއި، މިނަރަލްސް އަދި ޕްރޮޓީންގެ އިތުރުން ފައިބަރު އެކުލެވެއެވެ. މިއީ ގިނަ ބަލިތަކުން ރައްކާތެރިވުމަށާއި، ފަރުވާ ކުރުމަށް އެހީތެރިވާ އެއްޗެކެވެ.

ހިތުގެ ޞިއްޙަތަށް ކުރާ ފައިދާ

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ހެދި ދިރާސާތަކުން ދައްކާގޮތުގައި ސްވީޓް އާމަންޑް ކެއުމުން ހިތުގެ ބަލިތަކަށް ޖެހުމުގެ ފުރުސަތު ކުޑަވެއެވެ. އަދި ހަށިގަނޑުގައި ނުބައި ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމަށް އެހީތެރިވެއެވެ. މީގެ އިތުރުން މީގައި އޯމެގާ-3 ފެޓީ އެސިޑް އަދި ފައިބަރު އެކުލެވިފައިވުމުން ރަނގަޅު ކޮލެސްޓްރޯލް އުފެއްދުމަށް މަގުފަހިވެއެވެ.

މާބަނޑު މީހުންންގެ ޞިއްޙަތަށް ކުރާ ފައިދާ

ސްވީޓް އާމަންޑްގައި އެކުލެވޭ ގިނަ ކާނާގެ ބާވަތްތަކުގެ ސަބަބުން މާބަނޑު މީހުންނަށް ދިމާވާ ވަރުބަލިކަމާއި، ނަފްސާނީ ގޮތުން ދިމާވާ އެކިއެކި މައްސަލަތަކުން ސަލާމަތްވުމަށް އެހީތެރިވެއެވެ. ނަމަވެސް ބަދަމުގެ ބާބވަތްތަކަށް އެލަރޖިކްވާ ފަރާތްތަކުން ސްވީޓް އާމަންޑު ކެއުމުގައި ސަމާލުވާންޖެހެއެވެ.

ހަށިހެޔޮކުރުމަށް ކުރާ ފައިދާ

ނިއުޓްރިޝަނިސްޓުންގެ ނަޒަރުގައި ސްވީޓް އާމަންޑަކީ ހަށިގަނޑު ދުޅަހެޔޮކަމާއެކު ބެހެއްޓުމަށް އެހީތެރިވާ އެއްޗެކެވެ. މީގައި އެކުލެވޭ ގިނަ މިންވަރެއްގެ ފައިބަރު އަދި ޕްރޮޓީންގެ ސަބަބުން ހަށި ހެޔޮކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެއެވެ.

ހަމުގެ ޞިއްޙަތަށްކުރާ ފައިދާ

ސްވީޓް އާމަންޑްގައި އެކުލެވޭ ތަފާތު ކާނާގެ ބާވަތްތަކުގެ ސަބަބުން ހަމުގެ ސެލްތަކުގެ ސިއްހަތު ރަނގަޅުކުރުމަށް އެހީތެރިވެއެވެ. ހިކި ހަމަށް ސްވީޓް އާމަންޑްގެ ތެލާއި ކްރީމް އެއްކޮށްގެން ބޭނުންކުރުމުން ހަން ފިނިކޮށް، އަދި މުސްކުޅިވުމުގެ އަލާމާތްތައް ލަސްކުރުމަށް އެހީތެރިވެއެވެ. އެއީ ވިޓަމިން އީ ގިނަ މިންވަރަކަށް އެކުލެވޭ އެއްޗެއް ކަމުގައިވާތީއެވެ.

މައިގަނޑު ގޮތެއްގައި ބަލާއިރު އާމަންޑަކީ ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް އެދޭ މީހަކުނަމަ ކޮންމެ ދުވަހަކުވެސް ބޭނުންކުރުން ރަނގަޅު ފައިދާހުރި އެއްޗެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން