ދުނިޔެ /

ވިޔަފާރި

އެޕަލްއާއި މަސީމޯއާ ދެމެދު ހިނގި ޕޭޓަންޓް މައްސަލައިގައި އެޕަލްއަށް ކާމިޔާބު: މަސީމޯއިން 250 މިލިއަން ޑޮލަރުގެ ބަދަލު ދޭންޖެހޭ

އެޕަލްއާއި މަސީމޯއާ ދެމެދު ހިނގި ޕޭޓަންޓް މައްސަލައިގައި އެޕަލްއަށް ކާމިޔާބު: މަސީމޯއިން 250 މިލިއަން ޑޮލަރުގެ ބަދަލު ދޭންޖެހޭ

އެޕަލްއާއި މަސީމޯއާ ދެމެދު ހިނގި ޕޭޓަންޓް މައްސަލަ ފޮޓޯ:އިންޓަރނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 އޮކްޓޯބަރު 2024، 01:59

26 އޮކްޓޯބަރު 2024، 01:59

އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނި އެޕަލް އަދި ހެލްތް މޮނިޓަރިންގ ޓެކްނޮލޮޖީ ކުންފުނި މަސީމޯއާ ދެމެދު ހިނގަމުންދިޔަ ޕޭޓަންޓް މައްސަލައިގައި އެމެރިކާގެ ޑެލަވެއަރ ސްޓޭޓުގެ ފެޑެރަލް ޖޫރީއަކުން ވަނީ އެޕަލްގެ ފަރާތަށް ނިންމައި، މަސީމޯގެ މައްޗަށް 250 މިލިއަން ޑޮލަރުގެ ބަދަލު ނަގައިދިނުމަށް ޙުކުމްކޮށްފައެވެ.

މި މައްސަލައިގައި އެޕަލްއިން ތުހުމަތުކުރީ މަސީމޯއިން ކުރިން އުފެއްދި ގަޑި  ތަކާއި ޗާޖަރުތަކުން އެޕަލްގެ ޑިޒައިންގެ ހައްޤުތަކާއި މިލްކުވެރިކަމަށް އަރައިގަނެފައިވާ ކަމަށެވެ. އެހެންނަމަވެސް، މަސީމޯގެ މިހާރުގެ ގަޑިކުން އެޕަލްގެ ޕޭޓަންޓްތަކަށް އަރައިގަނެފައި ނުވާކަމަށް ޖޫރީން ވަނީ ނިންމާފައެވެ.

އެޕަލްގެ ޤާނޫނީ ވަކީލުން ކޯޓުގައި ފާހަގަކުރި ގޮތުގައި މި މައްސަލައިގެ މައިގަނޑު މަޤްޞަދަކީ ހަމައެކަނި ފައިސާ ހޯދުމެއް ނޫނެވެ. އޭގެ ބަދަލުގައި މަސީމޯގެ ސްމާޓް ގަޑިތައް ވިއްކުން ހުއްޓުވުމަށް އަމުރެއް ނެރުމަށް މަސައްކަތްކުރުމެވެ.

މި މައްސަލައާ ގުޅިގެން މަސީމޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޫރީގެ ނިންމުމަކީ ގިނަ ކަންކަމުގައި މަސީމޯއަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި މި ނިންމުން ރައްދުވަނީ ހަމައެކަނި ކުންފުނީގެ ކުރީގެ މޮޑެލްއަކަށް ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

އެޕަލްއާއި މަސީމޯއާ ދެމެދު މި ޚުޞޫމާތު އުފެދުނީ މަސީމޯއިން ތުހުމަތުކުރާ ގޮތުގައި އެޕަލްއިން މަސީމޯގެ މުވައްޒަފުން ވަޒީފާއަށް ނަގައި، އެ ކުންފުނީގެ ޓެކްނޮލޮޖީ ހުއްދަނެތި ބޭނުންކުރުމާ ގުޅިގެންނެވެ. މި މައްސަލައިގައި މަސީމޯއިން ކުރިން ހޯދާފައިވާ ކާމިޔާބީއެއްގެ ސަބަބުން އެޕަލްގެ ބައެއް ސްމާޓް ގަޑިތައް އެމެރިކާއަށް އިމްޕޯޓް ކުރުން ވަނީ ވަގުތީގޮތުން މަނާކުރެވިފައެވެ.
                    

މި ލިޔުން ކިޔާލުމުން