ދުނިޔެ

އެމެރިކާއާއި އީރާނުގެ އެއްބަސްވުމަކާމެދު އުއްމީދު އެބައޮތް: ޕާކިސްތާނު

އެމެރިކާއާއި އީރާނުގެ އެއްބަސްވުމަކާމެދު އުއްމީދު އެބައޮތް: ޕާކިސްތާނު

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްޙާޤް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ނޮވެމްބަރު 2026، 12:08

22 ނޮވެމްބަރު 2026، 12:08

އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށާއި، މެދުއިރުމަތީގައި ދިގުދެމިގެންދާ ހަނގުރާމައެއްގެ ބުރަ އުފުލުމުގެ ކުޅަދާނަކަން މުޅި ދުނިޔެއަށްވެސް ނެތް ކަމަށް ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޚާރިޖީ ވަޒީރު އިސްހާޤު ދާރު ވިދާޅުވެއްޖެއެވެ.

ޔޫރޯނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަދައްކަވަމުން އިސްހާޤު ދާރު ވިދާޅުވީ، އޭނާއަކީ އަބަދުވެސް އުއްމީދާއެކު ދެކޭ ބޭފުޅެއް ކަމަށާއި، ލަސްތަކެއް ނުވެ ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމަކަށް ވާސިލުވެވޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމަށެވެ. މީގެއިތުރުން، ހަނގުރާމަ ކުރިއަށްދާނަމަ ހަކަތައިގެ މާކެޓަށް ބޮޑެތި ލޮޅުންތައް އަރައި، ތަކެތީގެ އަގު އުފުލި، ޕާކިސްތާނު ހިމެނޭހެން އާންމު ރައްޔިތުންނަށް ކުރިމަތިވާ ތަކުލީފުތައް އިތުރަށް ބޮޑުވެގެންދާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.

ޖޫން 18 ގެ އެއްބަސްވުމާ ޚިލާފު އަމަލުތަކެއް ފަހުން ފެނިގެންދިޔަ ނަމަވެސް، ސުލްހައިގެ މަސައްކަތްތަކަށް ޕާކިސްތާނުން އަދިވެސް ފުރިހަމައަށް އެއްބާރުލުން ދެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ވޮޝިންގޓަނާއި ތެހެރާނުން އެއްބަސްވުންތަކަށް އިޙުތިރާމްކުރުމަށް ޕާކިސްތާނުން ދަނީ ބާރުއަޅަމުންނެވެ.

ޕާކިސްތާނުގެ މިނިވަން ޚާރިޖީ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން ދާރު ވިދާޅުވީ، ބައިނަލްއަޤްވާމީ ބޮޑެތި މައްސަލަތައް ހައްލުކުރެވެން އޮތް ހަމައެކަނި މަގަކީ ޑިޕްލޮމަސީ ކަމަށެވެ. އަދި އދ. ގެ ސަލާމަތީ މަޖިލީހުގެ 2025-26 ގެ ދައުރުގައިވެސް، ޤައުމުތަކުގެ ސިޔާދަތަށް އިޙުތިރާމްކުރުމާއެކު ސުލްހަވެރިކަމާއެކު ކަންކަން ހައްލުކުރުމަށް ޕާކިސްތާނުން ވަކާލާތުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450