ދުނިޔެ

އޮސްޓްރޭލިއާ އިން އެޤައުމުގައި ހުންނަވާ އީރާނުގެ ސަފީރު ބޭރުކުރުމަށް ނިންމައިފި

އޮސްޓްރޭލިއާ އިން އެޤައުމުގައި ހުންނަވާ އީރާނުގެ ސަފީރު ބޭރުކުރުމަށް ނިންމައިފި

އޮސްޓްރޭލިއާ އީރާން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޯގަސްޓު 2025، 05:10

26 އޯގަސްޓު 2025، 05:10

އޮސްޓްރޭލިއާގެ ސަރުކާރުން އީރާނުގެ ސަފީރު އަހްމަދު ސާދިގީ އާއި އިތުރު 3 ޑިޕްލޮމެޓުން އެޤައުމުން ބޭރުކުރުމަށް ނިންމައިފިއެވެ.

 އޮސްޓްރޭލިއާ ސަރުކާރުންވަނީ އީރާނުގެ ތެހެރާނުގައި ހުންނަ އޮސްޓްރޭލިއާގެ ސަފީރުވެސް އަނބުރާ ގެނެސް، އެ ޤައުމުގައި ހުރި އެމްބަސީގެ މަސައްކަތްތައް ވަގުތީގޮތުން ހުއްޓާލާފައިވެއެވެ.

އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު ޕެނީ ވޯންގް ނޫސްވެރިންނާ ބައްދަލުކޮށް ވިދާޅުވި ގޮތުގައި އީރާނުގެ ސަފީރާއި އެހެން ޑިޕްލޮމެޓުންނަށް ޤައުމު ދޫކޮށް ދިއުމަށް 7 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އޮސްޓްރޭލިއާއިން ބޭރު ޤައުމެއްގެ ސަފީރަކު ބޭރުކުރި ފުރަތަމަ ފަހަރެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޯނީ އަލްބަނީޒް ވިދާޅުވި ގޮތުގައި އިންޓެލިޖެންސް އޭޖެންސީތަކުން ހޯދި ހެކިތަކުން ދައްކާގޮތުން، އީރާނުން ވަނީ މެލްބޯން އަދި ސިޑްނީގައި ޔަހޫދީންނާ ދެކޮޅަށް ދެ ހަމަލާއެއް ރާވާފައެވެ. މީގެ ތެރޭގައި ހިމެނެނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ސިޑްނީގެ ބޮންޑައި ސަރަހައްދުގައި ހުންނަ ލުއިސް ކޮންޓިނެންޓަލް ކެފޭއަށް އަލިފާން ޖެހުމާއި، ޑިސެމްބަރު މަހު މެލްބޯންގެ އަދަސް އިސްރާއީލް ސިނަގޯގަށް އަލިފާން ޖެހުމުގެ ހާދިސާއެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން އިސްމާއީލް ބަގާއީ ވިދާޅުވެފައިވަނީ އޮސްޓްރޭލިއާގެ މި ފިޔަވަޅަށް އެކަށީގެންވާ ޖަވާބެއް ދިނުމަށް ދިރާސާކުރަމުންދާ ކަމަށެވެ. އަދި އޮސްޓްރޭލިއާގެ މި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ވިދާޅުވެފައިވެއެވެ.

އޮސްޓްރޭލިއާގެ ސަރުކާރުން ވަނީ އިތުރު ފިޔަވަޅެއްގެ ގޮތުން އީރާނުގެ ރެވޮލިއުޝަނަރީ ގާޑް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތް ފަށާނެ ކަމަށްވެސް ބުނެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން