ކުޅިވަރު

ސައުތު އޭޝިއަން ސުޕަރ ކަޕަށް ނެގި ދިވެހި ޤައުމީ ސްކޮޑު އިޢުލާންކޮށްފި

ސައުތު އޭޝިއަން ސުޕަރ ކަޕަށް ނެގި ދިވެހި ޤައުމީ ސްކޮޑު އިޢުލާންކޮށްފި

ޤައުމީ ޓީމަށް ނެގި ސްކޮޑުގައި 26 ކުޅުންތެރިން ހިމެނޭ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 އޯގަސްޓު 2025، 09:19

26 އޯގަސްޓު 2025، 09:19

ސައުތު އޭޝިއަން ސުޕަރ ކަޕަށް ނެގި ދިވެހި ޤައުމީ ފުޓުބޯޅަ ސްކޮޑު، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިޢުލާންކޮށްފިއެވެ.

ސައުތު އޭޝިއަން ސުޕަރ ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތަކަކީ ޤައުމީ ޓީމާ އަލަށް ހަވާލުވި މުޙައްމަދު ޝިޔާޒް (މޯހަން) ދިވެހި ޓީމު ގޮވައިގެން ނިކުންނާނެ ފުރަތަމަ މެޗުތަކެވެ.

މި މުބާރާތުގައި ރާއްޖެއާ ސްރީލަންކާއާ ދެކޮޅަށް ކުޅޭ ދެމެދު އޮންނާނީ ސެޕްޓެންބަރު މަހުގެ 6ވަނަ އަދި 9ވަނަ ދުވަހުއެވެ. 

އެފްއޭއެމްއިން މިއަދު އިޢުލާންކުރި ޕްރިލިމިނަރީ ސްކޮޑުގައި 26 ކުޅުންތެރިން ހިމެނެއެވެ. އޭގެތެރޭގައި ޒުވާން ޓީމުގެ ދެ ކުޅުންތެރިންކަމަށްވާ ހަސަން ރާއިދު އާއި މުޙަައްމަދު އިލާން އިމްރާން  ވެސް ހިމެނެއެވެ.

މި ސްކޮޑުގައި އެންމެ ގިނައީ މާޒިޔާ ސްޕޯޓްސް އެންޑް ރީކްރިއޭޝަންގެ ކުޅުންތެރިންނެވެ. އެގޮތުން ޤައުމީ ޓީމުގެ ސްކޮޑުގައި ވަނީ މާޒިޔާގެ 11 ކުޅުންތެރިން ހިމަނާފައެވެ. 

އެފްއޭއެމްއިން ހާމަކޮށްފައިވާ ގޮތުގައި، ސްރީލަންކާގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ޓީމުގެ ފަރިތަކުރުންތައް ފަށާނީ އަންނަ ހުކުރު ދުވަހުގެ ރެއެވެ. 

އެފްއޭއެމްއިން ޕްރިލިމިނަރީ ސްކޮޑަށް ނެގި ކުޅުންތެރިން:

  • މުހައްމަދު ފައިސަލް - ބުރު ސްޕޯޓްސް ކުލަބު
  • ސަމޫހް އަލީ - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ހުސެއިން ސިފާއު ޔޫސުފް - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • މުހައްމަދު އިރުފާން
  • އަލީ ފާސިރު
  • އިބްރާހިމް އައިސަމް - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ނާއިޒު ހަސަން - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ހަމްޒާ މުހައްމަދު - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ހަސަން ރާއިފް އަހުމަދު
  • ހައިޝަމް ހަސަން - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • އަހްމަދު އައިހަމް - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ހަސަން ނަޒީމް - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • އިޔަން އަބްދުލް އަލީމް - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ހަސަން ޝިފާޒް - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • އިބްރާހިމް އުސާމާ ހަސަން މަޖީދު - ބުރު ސްޕޯޓްސް ކުލަބު
  • ހަސަން އީނާޒް - ޓީސީ ސްޕޯޓްސް ކުލަބު
  • އިބްރާހިމް މަހުދީ ހަސަން - ކުލަބު އީގަލްސް
  • ހުސެއިން ނިހާން - އޮޑި ސްޕޯޓްސް ކުލަބު
  • މުހައްމަދު ނާއިމް - ބުރު ސްޕޯޓްސް ކުލަބު
  • އަހުމަދު ރިޒްވާން - ކުލަބު އީގަލްސް
  • އަހުމަދު އައިހަމް - އޮޑި ސްޕޯޓްސް ކުލަބު
  • ހައިޝަމް ސަލީމް - ކުލަބު އީގަލްސް
  • މުހައްމަދު ޔާމީން - ވިކްޓްރީ ސްޕޯޓްސް ކުލަބު
  • އަހުޒަމް ރަޝީދު - އޮޑި ސްޕޯޓްސް ކުލަބު
  • މުހައްމަދު އިލާން އިމްރާން - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ހަސަން ރާއިދް

Ads by MSS

މި ލިޔުން ކިޔާލުމުން